ދިވެހިންގެ ތެރޭގައި އައިޕޯންގެ ވާހަކައަކީ ވަރަށް އާއްމު ވާހަކައެކެވެ. އެކި މޮޑެލްތަކުގެ ފޯންތައް އެކި މީހުން ގަންނަ އިރު މިހާރު އެންމެ ބާރަށް ދެކެވޭ އެއް ވާހަކައަކީ އައިފޯން އެކްސް އާރ ނުވަތަ އައިފޯންގެ އަގު ހެޔޮ ފޯންގެ ވާހަކައެވެ.

އައިފޯން އެކްސް އާރއަކީ އެޕަލްގެ އެހެން ފޯންތަކާއި އަޅާ ބަލާއިރު ވަރަށް އަގު ހެޔޮ ފޯންއެކެވެ. މިފޯންއަށް ގިނަ މީހުން ކިޔަނީވެސް އެޕަލް ބަޖެޓް ފޯންނެއެވެ.

ބަޖެޓް ފޯން އަކާ ބަލާއިރު އެޕަލްގެ މި ފޯންއަކީ ފާހަގަކޮށްލެވޭ ވަރުގެ ފޯންއެކެވެ. އެޕްލްގެ ފަހުގެ އައިފޯން އެކްސް އެސް މެކްސްގެ ގިނަ ފީޗަރ ތަކެއް މިފޯންގައި ހުރިއިރު، މިފޯން ވަނީ ބައެއް ކަންކަމުގައި އެޕަލްގެ ފަހުގެ ފޯންތައް ޖަހާލާފައެވެ.

ޓޮމްސް ގައިޑްއިން ކޮށްފައިވާ ދިރާސާއެއްގައި ދައްކާ ގޮތުން އައިފޯން އެކްސް އާރއިން މާގިނަ ވަގުތު ކޯލްކޮށްގެން ހުރެވެއެވެ. މިގޮތުން އައިފޯން އެކްސް އާރއިން 25 ގަޑިއިރު ކޯލްގައި ބެޓްރީ ހުސްނުވެ ހުރެވެއެވެ. ނަމަވެސް އައިފޯން އެކްސް އެސްގައި ހުރެވެނީ އެންމެ 21 ގަޑިއިރުގައެވެ. މީގެ އިތުރުން އިންޓަރނެޓް ބޭނުން ކުރާ ވަގުތުވެސް އައިފޯން އެކްސް އާރގެ ބެޓްރީ ދަނީ މަދުންނެވެ. މިގޮތުން އައިފޯން އެކްސް އާރގައި 15 ގަޑިއިރު މެދު ކެނޑުމެއްނެތި ޗާޖް ނުކޮށް ބޭނުން ކުރެވެއެވެ. އައިފޯން އެކްސް އެސް މެކްސްގައި ބޭނުން ކުރެވެނީ 13 ގަޑިއިރުގައެވެ. މިއީ މަޝްހޫރު ޓެކްސައިޓްއެއް ކަމަށްވާ ޓޮމް ޗެކްއިން ނެރެފައިވާ ޑޭޓާ ތަކެކެވެ.

ބަޖެޓް ފޯންއެއް ނަމަވެސް އައިފޯން އެކްސް އާރގައި ގިނަ ފީޗަރ ތަކެއް ހިމެނެއެވެ. މިގޮތުން ވަޔަރލެސް ޗާޖިން ފަދަ ގިނަ ކަންތައްތަކެއް މިފޯންއިން ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު