މިދިޔަ އަހަރު އެޕަލް އިން ނެރުނު އަގުބޮޑު ފޯނުކަމުގައިވާ އައިފޯން އެކްސް ޗާރޖަށް ޖަހައިގެން ފޯން އަޕްޑޭޓް ކުރަން ޖައްސައިގެން އުޅެނިކޮށް ފޯން ގޮވައިފިއެވެ. އޭނާ ފޯން އަޕްޑޭޓް ކުރަން އުޅުނީ އައިއޯއެސް 12.1 އަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ފުރަތަމަ އެ ފޯނުން ނުކުންނަށް ފެށީ ދުން ތަކެކެވެ. އަދި ކުއްލިއަކަށް ހުރެފައި ފޯނުގައި ރޯވެ، ގޮވީއެވެ.

ރޮކީ މުހައްމަދަލީ ނަމަކަށް ކިޔާ އެ އައިފޯންގެ ވެރިޔާ ޓްވިޓާ މެދުވެރިކޮށް އެއީ ކިހިނެެއްވީކަމެއްތޯ ބަލަން ބޭނުންވާކަމަށް ވަނީ ހިއްސާކޮށްފައެވެެ. އެޕަލް ކުންފުންޏަށް ޓެގްކޮށް އޭނާ މިގޮތަށް ލިޔުނުއިރު، އެޕަލްއިން ވަނީ އެއީ ވެދާނެ ކަމެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި، އެކަން މެސެޖެއްގެ ޒަރިއްޔާއިން އަންގައިދިނުމަށް ވަނީ އެދިފައެވެ. އަދި އެއީ ކިހިނެއް ވީކަމެއްތޯ ބަލާނެކަމަށްވެސް ވަނީ ބުނެފައެވެ.

އޭނާ ބޭނުން ކުރަމުންދިޔައީ، އެ ފޯނާއެކު ލިބުނު ޗާޖަރުގެ ވާގަޑުވެސް މެއެވެ. އެއީ ކިހިނެއް ވީކަމެއް އަދި ނޭގެއެވެ.

އެޕަލް އިން މިހާރު އެ މައްސަލަ ދަނީ ބަލަމުންނެވެ. އެއީ ބެޓަރީ މައްސަަލައަކަށް ވެދާނެކަމަށްވެސް އެއް ބަޔަކު ދަނީ ބުނަމުންނެވެ.

އެޕަލްއިން އެ މައްސަަލައާ ގުޅޭގޮތުން ބުނާނެ އެއްޗަކަށް ގިނަބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Oyyy

    Hello