ނޭޕާލާއި، ޗައިނާގެ ސަރަޙައްދީ އިން ޙިއްޞާކުރާ، ހިމާލިޔާ ފަރުބަދަތައް ހިމެނޭ ސަރަހައްދަށް ބާރުގަ ބިންހެލުމެއް އައުމުގެ ވަގުތު ކުޑަތަން ވެއްޖެ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

ސައިންވެރިން ދާދިފަހުން ހެދި ދިރާސާ އަކުން ދައްކާގޮތުގައި ކައިރި މުސްތަގުބަލެއްގައި ހިމާލިޔާ ފަރުބަދަތައް ހިމެނޭ ސަރަހައްދަށް މެގްނެޓިއުޓް 8.5 ގެ ބާރުގަދަ ބިންހެލުމެއް އަތުވެދާނެއެވެ.

ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ހިމާލިޔާ ސަރަހައްދަކީ ދުނިޔޭގެ އެންމެ ބާރުގަދަ ބިންހެލުން އަންނާނެ ސަރަހައްދެވެ. ސަބަބަކީ ފަރުބަދަތައް ގިނަވެފައި، ބިންގަނޑު ހަރުވީމައެވެ.

ސައިންސްވެރިން ލަފާކުރާގޮތުގައި މި ސަރަހައްދަށް ބިން ހެލުމެއް އަތުވެއްޖެނަމަ ހަރު ބިންގަނޑުތައް ފަޅަފަޅައިގެންގޮސް، އިމާރާތްތައްވެސް ބިމުގެ އަޑިއަށް ދަމައިގަންނާނެއެވެ.

ހިމާލިޔާ ސަރަހައްދުގެ ފަރުބަދަތައް އަހަރަކު ސެންޓިމީޓަރެއް އުސްވަމުން އަންނަ އައުމަކީ، ދެޕްލޭޓް ޖެހިގެން ހިނގަމުންދާ ކަންތައްތަކުގެ ނަތީޖާ ކަމަށް ސައިންވެރިން ގަބޫލު ކުރެއެވެ.

ސައިންސްވެރިން ހަދާފައިވާ ދިރާސާއިން ދައްކާގޮތުން ހިމާލިޔާ ފަރުބަދަ ހުރި ސަރަހައްދު ވަނީ ބާރުގަދަ ބިންހެކުމަކަށް ފަހު ވަރަށް ބޮޑަށް އަޑިޔަށް ޖެހިލާފައެވެ.

ހިމާލިޔާ ސަރަހައްދުގެ ގޮތުގައި ދުނިޔޭގެ އެންމެ އުސް ފަރުބަދަތައް އުފެދިފައިވަނީ، މީގެ 40 ނުވަތަ 50 މިލިއަން އަހަރުކުރިން އިންޑިއަން ސަބްކޮންޓިނެޓް ޕްލޭޓާއި، ޔޫރޭޝިޔާ ޕްލޭޓް ޖެހި މުޑިއެރުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ސައިންސްވެރިން ބުނެއެވެ.

ހިމާލިޔާ ފަރުބަދަތައް ހިމެނޭ ނޭޕާލުގެ ވެރިރަށް ކަތަމަންޑޫއަށް 2015 ވަނަ އަހަރު 7.9 އެއްގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމުގައި ގެތަކާއި، ސަރުކާރުގެ އިމާރާތްތަށް އަދި ތާރީހީ ބިނާތަށް ބިމާ ހަމަވެ، 8000 އަށް ވުރެ ގިނަމީހުން ވަނީ މިދުނިޔެ ދޫކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަރުބީ

    މި ސައިންސުވެރިން އެބަހީކުރޭ ތިމަންނާމެނަށް ހުރިހާކަނެއްވެސް އެގޭ ބަޔެކޭ ފަރުބަދަ އުފެދޭ ގޮތާއި ބިންހެލުން އަންނާނެ ދުވަހާ މިކަންކަން އެގޭނެ ފަރާތަކީ ހުރިހާކަމެއް މޮޅަށްދެނެވޮޑިގެންވާ އެއްކައުވަންތަ މާތް ﷲ

    • ާައައިޝް

      ވަރަށް ބޮޑު ތެދެއް