ދުނިޔޭގެ އެންމެ ބޮޑެތި މުއްސަނދިންގެ ތެރޭގައި ހިމެނޭ ބިލް ގޭޓްސްގެ ޚަރަދުގައި، އިރުގެ އަވީގެ އަސަރު ދުނިޔެއަށް ނުކުރާ ގޮތް ހެދުމަށް ތައްޔާރުވަމުން އެބަދެއެވެ.

މަޝްހޫރު މައިކްރޯސޮފްޓްގެ ފައުންޑަރ ބިލް ގޭޓްސްގެ ޚަރަދުގައި، މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެންމެ މޮޅު އެއް ޔުނިވަރސިޓީ ކަމުގައިވާ ހާވާޑްގެ ސައިންސްވެރިންގެ ޓީމަކުންނެވެ.

މި މަޝްރޫޢު ކުރިއަށް ގެންދާ ހާވާޑް ޔުނިވަރސިޓީގެ ސައިންސްވެރިންގެ ޓީމުން ބުނެފައިވާ ގޮތުގައި އިރުގެ އަލި ނުވަތަ ދުނިޔެއަށް އަވީގެ އަސަރު ނުކުރާ ގޮތް ހަދަން ނިންމާފައިވަނީ ދުނިޔެ ހޫނުވުމަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ. އަދި، މި ކޮންސެޕްޓްގެ ޚިޔާލު އައިސްފައިވަނީ އަލިފާން ފަރުބަދައަކުން ކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.

ދުނިޔެއަށް އިރުގެ އަލި ނުވާގޮތް ހެދުމަށްޓަކައި ސައިންސްވެރިން މަސައްކަތް ކުރަމުން ދަނީ ދުނިޔޭގެ ގުރަހައާ 12 މޭލު މަތިން ޗޯކު ކުނޑިތަކެއް ފާޑުގެ އެއްޗެއް ސްޕްރޭ ކުރުމަށެވެ. އެކި މާއްދާތައް ބޭނުންކޮށްގެން އުފައްދާފައިވާ މި ބާވަތް ސްޕްރޭ ކުރުމުން، އިރުން ދުނިޔެއަށްވާ އަލީގެ ބައެއް އަނބުރާ ރިފްލެކްޓް ވާނީ އަނެއްކާވެސް އިރަށެވެ. އެހެންނަމަވެސް، މުޅިއަކުން އިރުގެ އަލިން ދުނިޔެ ސަލާމަތެއް ނުކުރެވޭނެއެވެ.

މިކަމުގެ ޚިޔާލު އަލިފާން ފަރުބަދައަކުން އައިސްފައިވަނީ، އެތަކެތި ގޮވުމުގެ ތެރޭގައި ސްލްފާ ޑިއޮކްސައިޑް ނަމަކަށް ކިޔާ މާއްދާއެއް ބޭރުވާތީއެވެ. މި މާއްދާގެ ސަބަބުން ދުނިޔެ ފިނިވާކަމަށް އެފަރާތްތަކުން ބުނެއެވެ.

ހާވާޑް ޔުނިވާސިޓީ އިން ކުރިއަށް ގެންދާ މި މަޝްރޫޢަކީ ތިން މިލިޔަން އެމެރިކާ ޑޮލަރުގެ މަޝްރޫއެކެވެ. އެހެންނަމަވެސް، ބިލް ގޭޓްސް، މަޝްރޫޢުގެ މުޅި ޚަރަދެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ނަޖްވާ

  އެކަމު އެއްބަޔަކު މި ތެޅީ ބާލަނީ އިރުގެ އަލީ ބޭނުން ކޮށްގެން ހަކަތަ އުފެއްދޭނެ ގޮތެއް ފެނޭތޯ އެއްނު!

 2. މައުމޫން

  ތިކަން ކުރެވޭނީ މިއުޅޭ ސޭޓް ބެއަށް... ސޭޓް ހިފާނެ ތިކަމުގެ ހުރިހާ ޚަރަދެއް..

 3. ޢައްނައުނު

  ބިލް ގޭޓްސް ބުރޯ އައް އައްސެރިބަހާއި ސާބަސް

  މައިކްރޮސްފްޓް ފޮޑިތަޅާނެޔޯ!!!!

  5
  1
 4. ޢައްނައުނު

  ބިލް ގޭޓްސް ބުރޯ

 5. ޖޮއްބެ

  ތިޔަކަހަލަ ޚަރަދެއްގައެއް ސޭޓެއް ނުހިފާނެ ބްރޯ. ނަމަވެސް ތަނެއްގަ ބަޣާވާތެއް ގެންނަންވެއްޖެއްޔާ ސޭޓު ކައިރީގަ ބުނެލަން ވާލަހެއްވާނީ.

 6. ސާބަސް

  ކީކޭ ދެން ބުނާނީ. ހެއްދެވި ފަރާތަށްވުރެ ތިމާ މާ މޮޅުވާނެކަމަށް! ނުވާނެ ދުވަހަކުވެސް ނުވާނެ! އިރުގެ އަވި ލިބެންޖެހޭ މިންވަރަށް ނުލިބި އިންސާނުންނަށް ވާނީ ގެއްލުން. ބަލަ ހެއްދެވި ފަރާތުން ވަނީ ހުރިހާ އެއްޗެއްވެސް ވަކި މިންވަރަކަށް ވަކި ޙައްދެއްގަ ލައްވާފަ.

 7. ސުއޫދު

  ސްލްފާ ޑިއޮކްސައިޑް ކިޔާ އެއްޗެއް ހުންނަކަމެއް ނުދެނެހުރިން..އިޓްސް ކޯލްޑް ސަލްފާ ޑިއޮކްސައިޑް!