ބޮލީވުޑްގެ އެންމެ ރީތި އަންހެން ތަރިންގެ ލިސްޓުގައި ކެޓްރީނާ ކައިފްގެ ނަން ހިމެނޭނެއެވެ. ގިނަ ބައެއްގެ ހިތުން ޖާގަ ހޯދައި، އެތައް ބައެއްގެ ހިތްތަކަށް ހަންޖަރު ހެރުމަށްފަހު ރަންބީރް ކަޕޫރާ އޭނާ ލޯބީގެ ގޮތުން ގުޅުނެވެ. ނަމަވެސް އެ ގުޅުން ކައިވެންޏަކާ ހަމައަށް ނުދަނީސް ވަނީ ކެނޑިފައެވެ.

އެކަން ނިމުނުތާ މިހާރު ދެ އަހަރު ވެއްޖެއެވެ. ކެޓްރީނާ އަދިވެސް އެހުރީ ހުސްކޮށެވެ. އޭނާ ލޯބިވެރިއެއް ހޯދަންވެސް ނޫޅެއެވެ. ބޭނުންވަނީ މަސައްކަތަށް ސަމާލުކަން ދީގެން އުޅޭހެން ހީވެއެވެ.

ދާދި ފަހުން އޭނާ ބޭރުގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ، އަމިއްލަ ދިރިއުޅުމަށް ބެލުމާއި، އަމިއްލަ ދިރިއުޅުމުގެ ގޮތްތައް ދަސްކުރަމުން އަންނަ ކަމަށެވެ. އަދި އެހާބޮޑަށް ރިލޭޝަންޝިޕަކަށް ދާން ބޭނުން ނުވާ ފަދަ ގޮތަކަށް ކެޓްރީނާގެ ވާހަކަތައް ހުރިއިރު، އޭނާ މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދެނީ މަސައްކަތަށެވެ.

އަދި ރިލޭޝަންޝިޕްއަށް ދަނީ ގަދަކަމުން ނޫން ކަމަށްވެސް ކެޓްރީނާ ވަނީ ބުނެފައެވެ.

ކެޓްރީނާގެ ކުރީގެ ލޯބިވެރިޔާ ރަންބީރު މީހާރު އުޅެނީ އާލިއާ ބަޓް އާއި ލޯބީގެ ގޮތުން ގުޅިގެންކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުޙައްމަދު ހަމީދު

    ތިވަރަށް ދެރަކަމެއް

  2. ހުސޭނުބޭ

    ހާސްނުވޭ! ހޯރައިއްބެ އެބަ މިނިވަންވޭ! އެސޮރު ވަރަށް ފައްކާވާނެ!

  3. Ach

    މަވެސް ސިންގަލް ކޮށް މިހުންނަނީ އުފަންވީންސުރެއް ?

  4. މަ

    މަ ވެސް މިހުރީ ކެޓްރިނާ