ޝާހު ރުކް ޚާންއާއެކު "ޒީރޯ" ގައި ކެޓްރީނާ ކައިފް އަދާކޮށްފައިވާ ރޯލަށް ގިނަ ބައެއްގެ ތައުރީފު ލިބިގެން ދިޔައެވެ. އަދި އެއީ ކެޓްރީނާ މިވީހާތަނަށް ފިލްމެއްގައި އަދާކުރި އެންމެ މޮޅު ރޯލުކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.

2019 ވަނަ އަހަރުވެސް ވެގެންދާނީ ކެޓްރީނާ އަށް ރަނގަޅު އަހަރަކަށެވެ. މޮޅު ތަރިއަކާއެކު ކުޅެފައިވާ އޭނާގެ ބޮޑު ފިލްމެއް އަޅުވާނެއެވެ. އެއީ ސަލްމާނާއެކު ފެނިގެންދާ "ބާރަތު" އެވެ. ހަމައެހެންމެ، ވަރުން ދަވަންއާއެކު ޑާންސް ފިލްމެއްގެ މަސައްކަތްވެސް ފެށިއެވެ.

އެހެންނަމަވެސް، މި ދެ ފިލްމުގެ މަސައްކަތްތައް އަދި ނުނިމެއެވެ. އަދި ފިލްމުގެ ޝޫޓިންގ ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އެއް ދުވަސްވަރެއްގައެވެ. މިކަންވާނީ ކެޓްރީނާ އަށް އުނދަގޫ ކަމަކަށެވެ.

އެހެންކަމުން، އޭނާވަނީ ރެމޯ ޑި ސޫޒާ ޑައިރެކްޓް ކުރާ ޑާންސް ފިލްމު ނުކުޅުމަށް ނިންމާފައެވެ. އަދި، އޭނާ ނިންމާފައިވަނީ ސަލްމާންއާއެކު ބާރަތު ގައި ކުރިއަށް ދިއުމަށެވެ.

ރެމޯ އާއި ޓީ-ސީރީޒް އިން އުފައްދާ މި ޑާންސް ފިލްމު ވެގެންދާނީވެސް އިންޑިޔާގައި މިހާތަނަށް ނެރޭ އެންމެ ވަރުގަދަ ޑާންސް ފިލްމަށެވެ. އެހެންނަމަވެސް، ޕްރޮފެޝަނަލް ކޮށް ވިސްނިއިރު، ކެޓްރީނާ އަށް މުޙިއްމުވީ ސަލްމާން އެވެ.