އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގެ ފަޅުވެރިއަކަށް އޮޅިގެން ފުލުހުންނަށް ގުޅުމުން ނާސާ ހާސް ކަމެއްގެ ތެރެއަށް ވެއްޓިޖެއެވެ.

ނާސާގެ ފަޅުވެރިއެެއް ކަމަށްވާ އެންޑްރީ ކޫޕާ ވަނީ ޖައްވީ ސްޓޭޝަނުން ބިމުގައި ގާއިމު ކުރެވިފައިވާ ނާސާގެ މައި އިދާރާއަށް ގުޅަނިކޮށް އޮޅިގެން އެމެރިކާގެ ފުލުހުންގެ އެމެޖެންސީ ނަމްބަރ 911 އަށް ގުޅިފައެވެ.

އުމުރުން 60 އަހަރުގެ އެންޑްރީ ގެ މި މިސް ކޯލާއި އެކު ނާސާ ވަނީ ހާސް ކަމެއްގެ ތެރެއަށް ވެއްޓި ވީ ގޮތެއް ނޭނގި އެތަށް ގަޑިއިރަކު އުޅެން ޖެހިފައެވެ. ނާސާއަށް ގަބޫލު ކުރެވުނީ އެ ސްޓޭޝަންގައި އެމަޖެންސީ ހާލަތެއް ދިމާވީ ކަމަށެވެ. ނަމަވެސް މިއީ އޮޅިގެން ހިންގައި ދިޔަ ކަމެއް ކަމަށް ނާސާ އަށް ފަހުން ވަނީ އެންގިފައެވެ.

އިންޓަނޭޝަލް ސްޕޭސް ސްޓޭޝަން އަކީ ދުނިޔޭގެ ބޭރުން 420 ކިލޯމީޓަރު ދުރުން އޮރްބިޓް ކުރަމުން އަންނަ ދުނިޔޭ ބާރުގަދަ ގައުމުތަކުން ހިއްސާވެގެން ގާއިމު ކޮއްފައިވާ ތަނެކެވެ.

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ބަނދަރުކޮށްގެން ތިބޭ ތިބުމުގައި އެސްޓްރޮނޯޓުން އައިޕީ ފޯނު ބޭނުންކުރެ އެވެ. ބޭނުންޖެހިއްޖެ ހާލަތެއްގަ އެވެ. އެ ފޯނު ހުންނަނީ އެއްކޮޅަށް ގުޅޭ ގޮތަށެވެ. މާނަ އަކީ ބިމުގައި ތިބޭ ބަޔަކަށް އެ ފޯނަށް ގުޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

ބިމުގައި ދިރިއުޅޭ އާއިލާ އަށް ޚާއްސަ މުނާސަބަތެއްގައި ނުވަތަ ވަކި ޚާއްސަ މީހަކަށް ގުޅުމަށް ފުރުސަތު އެސްޓްރޮނޯޓުންނަށް ލިބެ އެވެ. އެއީ އެހައި އާންމު ކަމެއް ނޫން ނަމަވެސް އެކަހަލަ މުއާމަލާތްތައް ހިންގާފައި ހުރެ އެވެ.

އެސްޓްރޮނޯޓުންނަށް ބޭނުންހާ ބަޔަކަށް ނުގުޅެނީ ޖައްވީ އިދާރާއިން އެކަން ހުއްދަނުކުރާތީ އެވެ. ބިމުގައި ތިބޭ ބަޔަކު އެސްޓްރޮނޯޓުންނަށް ގުޅައި ހިތުހުރިހައި ވާހައެއް ދައްކަން ވެއްޖެ ނަމަ ފިކުރުބޮޑުވެ ހާސްވާ ކަހަލަ ވާހަކަތަކަކަށް މަގުފަހިވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު