މޫނުގައި ނަގާފައި ހުރި ބިއްސެއްގެ ސަބަބުން އެމެރިކާގެ އިލިނޮއިސްގެ ޒުވާނަކު އޭނާގެ އައިފޯން އެކްސް ނުހުޅުވޭ ގޮތް ވެއްޖެއެވެ.

އޭނާ ވަނީ ފޯނު ނުހުޅުހުވިގެން އުޅޭތާ 24 ގަޑިއިރު ފަހުން ކައިރީގައި ހުރި އެޕަލް ސްޓޯރަކަށް މި މައްސަލަ ޖައްސާފައެވެ. އެޕަލް އިން ތައާރަފު ކުރި އައިފޯން އެކްސް ގައި ފޭޝަލް ރޮކޮގްނިޝަން ހިމެނެއެވެ.

އެޕަލް އިން އެ ކުންފުނީގެ ހަރަދުގައި ޒުވާނާގެ މޫނުގައިވާ ބިހި ނަގަން ސާޖަރީއެއް ވެސް ކޮށްދިނުމަށް ވަނީ އެއްބަސް ވެފައެވެ. އިތުރު އެހެން ހައްލެއް، އެކުންފުންޏަށްވެސް ހޯދައިދެވިފައި ނުވެއެވެ.

ޒުވާނާ އިތުރަށް ބުނި ގޮތުގައި މިހެން ކަންތައް ދިމާވެދާނެ ކަން އެނގޭނަމަ އޭނާ ގަންނާނީ ނޮކިއާ 3310 އެއް ކަމުގައެވެ.

"ބިހި ފޮރުވަންް އަހަރެންގެ އަންހެން ކޮއްކޮގެ މޭކަޕް ވެސް ބޭނުންކޮށްފިން އަހަރެން މި އިންތިޒާރު ކުރަނީ ވަޒީފާއާއި ބެހޭ ވަރަށް މުހިންމު ފޯން ކޯލަކަށް، އަހަންނަށް އަދިވެސް މިކަން ޔަގީނެއް ނުކުރެވެ"

2017 ވަނަ އަހަރު ފަހުކޮޅު އެޕަލްއިން ދުނިޔޭގެ ބާޒާރަށް ނެރުނު އައިފޯން 10 ނުވަ އައިފޯން އެކްސްއަކީ އެޕަލް އިން އައިފޯނު ވިއްކަން ފެށިތާ 10 އަހަރު ފުރުން ފާހަގަކުރަން އެ ކުންފުނިން ނެރުނު ޚާއްސަ ފޯނެކެވެ. ނަމަވެސް މި ފޯނުގެ ޚާއްސަ ކަމާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދާފައި ވެއެވެ.