ކުޑަ ކުއްޖަކާ ބެހުނު ކަމަށް އަމިއްލައަށް އެއްބަސްވި އެމެރިކާގެ ފާދިރީއަކު 14 އަހަރަށް ޖަލަށް ލުމަށް އެޤައުމުގެ ކޯޓުން ޙުކުމް ކޮށްފިއެވެ.

ޑޭވިޑް ޕޯލްސަން ނަމަކަށް ކިޔާ 65 އަހަރުގެ މިމީހާ ޖަލަށް ލުމަށް ކޯޓުން ޙުކުމް ކޮށްފައިވަނީ 2000 ވަނަ އަހަރު 14 އަހަރުގެ ދެ ފިރިހެން ކުދިންނާއި ބެހުނު މައްސަލަައިގައެވެ. ތަޙްޤީޤަށް ހާމަވެފައިވާ ގޮތުގައި މިފާދިރީ މީހާވަނީ މިދެކުދިންނާއި 20 ފަހަރަށް ގަދަކަމުން ބެހިފައެވެ. އަދި އެކުދިން ކައިރީގައި މިއީ ދީނީ ކަމެއް ކަމަށް ބުނެ އެހެން މީހެއްގެ ކައިރީ މިވާހަކަ ދެއްކުމަށް އެކުދިންނަށްވަނީ މަނާކޮށްފައެވެ.

މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި މިފާދިރީ މީހާ ހުރިއިރު، ކުށައް އިޢުތިރާފް ވުމުންވެސް 2012 ވަނަ އަހަރުން ފެށިގެން މިމީހާ ހުރީ ބައްދުގައި ނޫންކަން ފާހަގަކޮށްލެވެއެވެ.

އެމެރިކާގެ ޗާޗްތަކުގައި ކުޑަކުދިންނާއި ބެހުމުގެ މައްސަލަތައް ގިނައިން ފެންމަތިވާއިރު، 300 އެއްހާ ފާދިރީން އެތަނަށް ޒިޔާރަތް ކުރާ ކުދިންނަށް ޖިންސީ ގޮތުން އަނިޔާ ކުރާ ކަމަށް ދާދިފަހުން އެޤައުމުން ކުރި ދިރާސާއަކުންވަނީ ދައްކާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު