އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕްއަކީ ރަޝިޔާއަށް މަސައްކަތްކޮށްދޭ މީހެއްތޯ ބެލުމުގެ މަސައްކަތް އެމެރިކާގެ ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން، އެފްބީއައިއިން ފަށައިފިއެވެ.

ވޮޝިންޓަން ޕޯސްޓްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި ތަޙްޤީޤް ފަށާފައި ވަނީ ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން، އެފްބީއައި ޖޭމްސް .ބީ ކޮމީ އެއިދާރާގެ ޑިރެކްޓަރު ކަމުގެ މަޤާމުން ދުރުކުރުމާއި ގުޅިގެންނެވެ.

ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އިން ތަޙްޤީޤް ކުރަމުންދަނީ އެމެރިކާގެ ރައީސް އާއި ރަޝިޔާއާއި އެއްވެސް ކަހަލަ ގުޅުމެއް އޮތްތޯ ކުރާ ތަޙްޤީޤެވެ. މިތަޙްޤީޤުގައި ޓްރަންޕް ރަޝިޔާގެ ނުފޫޒަށް ހެއްލި ނިންމުންތައް ނިންމަމުންދާ ކަމަށް ކުރާ ޝައްކު ތަޙްޤީޤް ކުރުންވެސް ހިމެނެއެވެ. އަދި ރަޝިޔާގެ ސީދާ ބާރުން ނުވަތަ ރަޝިޔާގެ މަޅީގައި ޖެހިގެން ނަމަވެސް، އެމެރިކާގެ ޤައުމީ ނުރައްކަލަށް ވާފަދަ ކަމެއް ކުރަން އުޅޭތޯ ނުވަތަ އެފަދަ ނިންމުމެއް ނިންމާފައިވޭތޯވެސް ބެލިގެންދާނެއެވެ.

2016 ވަނަ އަހަރު ޓްރަންޕް ރައީސް ކަމަށް އިންތިޚާބްވި އިލެކްޝަންގައި، އިންތިޚާބަށް ރަޝިޔާއިން ނުފޫޒު ފޯރުވި ކަމަށް ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އިން މީގެ ކުރިން ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖިންނި

    ދައްޖާލުގެ '' ބައިގަނޑަށް '' ކަންތައް ކުރެވުނީ ގޯސް ކޮށް ކަމަށް އެމީހުނަށް އިޙްސާސްކުރެވުނީ ، އިޒްރޭލް އާއި އެންމެ އަރިސް ޤައުމަކަށް ހަދަންވީ އިންޑިއާ ކަމާއި އެމެރިކާ ނޫންކަން ވިސްނުނީ މާފަހުން އެހެންވެ އެމެރިކާގެ ކިބައިން '' ތާޖު '' ނަގައި އިޒްރޭލްގެ ބޮލުގައި އެޅުމުގެ ކުރިން އެމެރިކާ ބަނގުރޫޓްކޮށް ، ޗައިނާ އާއި ޕާކިސްތާންގެ ބާރު ކަނޑުވާލަން އިންޑިއާއަށް އެހީވަނީ '' މޯދީ '' ކަހަލަ މީހަކު ވެރިކަމުގައި ބަހައްޓައިގެން އެ ކުޅި ކުޅެން ވ ފަސޭހަވާނެތީ ދުރާލާ ވިސްނައިގެން އޭނަ ވެރިކަމަށް ގެނައީ