އިންޑިއާގެ ތެލެގޫ ކޮމެޑީ ތަރި ބްރަހްމަނަންދަމް ހިތުގެ ބޮޑު އޮޕަރޭޝަނަކަށް ފަހު ހޮސްޕިޓަލުގައި ފަރުވާދެން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ބްރަހްމަނަންދަމް ހިތުގެ ސާޖަރީ ހަދާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގައި މުމްބާއީގެ ހޮސްޕިޓަލެއްގައެވެ.

އުމުރުން 63 އަހަރުގެ ބްރަހްމަނަންދަމް ކަންނެގަންތީ ހިތުގެ ސާޖަރީއެއް ހަދާފައިވާއިރު އޭނާ އެސާޖަރީ ހަދާފައިވަނީ އެތަށް ޓެސްޓުތައް ހެދުމަށްފަހު އެވެ.

ފިލްމު އިންޑަސްޓުރީގެ ގިނަ ފަންނާނުން ބްރަހްމަނަންދަމަށް އަވަސް ޝިފާއަކަށް އެދިފައިވާއިރު ބްރަހްމަނަންދަމް ހާލު މިހާރު ސްޓޭބަލް ކަމަށް އޭނާގެ ދެ ފިރިހެން ދަރިން ކަމަށްވާ ރާޖާ ގޯތަމް އަދި ސިދާތު ވަނީ ބުނެފައެވެ.

އޭނާގެ ސަޕޯޓަރުން ވެސް އަންނަނީ މީސް މީޑިއާގައި ބްރަހްމަނަންދަމްއަށް ހެޔޮ ދުއާ ކުރަމުންނެވެ.

އެކި ބަސްތަކުން މިހާތަނަށް 1000 ފިލްމުން ފެނިގެން ގޮސްފައިވާ ބްރަހްމަނަންދަމް އަކީ ފިލްމު އިންޑަސްޓުރީގައި ބޮޑު އާމްދަނީ އެއް ލިބޭ އެކްޓަރެކެވެ.

ގިނަ އެވޯޑުތަކެއް ލިބިފައިވާ ބްރަހްމަނަންދަމު ވަނީ މަޝްހޫރު އެތައް ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އޭނާ ވަނީ ބޮލީވުޑްގެ ބައެއް މަޝްހޫރު ފިލްމުތަކުންވެސް ފެނިގެން ގޮސްފައެވެ.

ބްރަހްމަނަންދަމު އަށް ފަރުވާދެމުން ދާއިރު ބޮލީވުޑްގެ ގިނަ ތަރިންތަކަށް ދަނީ ކެންސަރު ޖެހި އެބަލީގެ ޝިކާރައަކަށް ވަމުން ނެވެ. އޭގެ ތެރޭގައި ރާކޭޝްގެ އިތުރުން އަޔުޝްމަން ކުރާނާގެ އަންހެނުން ތަހީރާ އަދި ބަތަލާ ސޮނާލީ ބެންޑްރޭ ވެސް ހިމެނެއެވެ.

ބޮލީވުޑް އަށް ބަލާ އިރު، ކެންސަރު ޖެހިގެން، ފަރުވާ ހޯދުމަށް ފަހު ރަނގަޅުވެފައި ތިބި މީހުން އެބަ ތިއްބެވެ. އޭގެ ތެރޭގައި ބަތަލާ މަނީނާ ކޮއިރަލާއި ލީޒާ ރޭ ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު