ޖައްވަށް ދިޔުމަކީ އިންސާނުންގެ އެންމެ ބޮޑު އެއް ހުވަފެނެވެ. ޖައްވީ އުޅަދެއްގައި ނަމަވެސް، ޖައްވަށް ދިޔުމަކީ އެތަކެއް ބައެއްގެ ހުވަފެންތަކެކެވެ. އެ ފަރާތްތަކަށް ޓޫރިސްޓުންގެ ގޮތިގައި ޖައްވަށް ދިޔުމަށްވެސް މަގިފަހިވަމުންދާ އިރު، އެފަދަ ގޮތަކަށްވެސް ޖައްވަށް ދާން ބޭނުން މީހުން މިހާރުވެސް ތިބީ ކިއުގައެވެ.

ޖައްވަށް ދިޔުމުގައި ލިފްޓެއް ބޭނުން ކުރުމަކީ ކާޓޫނެއްގައި ނޫނީ ނުވާ ކަމެކެވެ. އެހެން ނަމަވެސް، އެކަން ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރާ މީހުން މަދެއް ނޫނެވެ. އެކަމަށް ބޭނުންވާ ތަހުލީލިތަކާއެކު، އެކަމަށް ބޭނުންވާ އީޖުތަކަށް އެތަކެއް ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. ހާއްސަކޮށް ސައިންސްގެ ރޮނގުން ކުރިއަރާފައިވާ ޖަޕާނާއި ޗައިނާއެވެ.

ޖައްވާ ހަމައަށް މީހުން ގެންދެވޭނެ ލިފްޓެއް އީޖާދު ކުރުމަށް ކުރަމުންދާ މަސައްކަތަށް ދާދިފަހުން ވަނީ ފެހި ސިގްނަލެއްވެސް ލިބިފައެވެ. ހާއްސަކޮށް އެ ލިފްޓަށް ބޭނުން ކުރާނެ ކޭބަލެއް ޖަޕާނުން މިހާރު ވަނީ ޓެސްޓްވެސް ކޮށްފައެވެ. ޖައްވުގެ ތެރޭގައި މިހާރުވެސް އެނބުރެމުންދާ ދެ ސެޓެލައިޓެއްގެ ދެމެދުގައި ދަމައިގެން ޖަޕާނުން ސެޕްޓެމްބަރު މަހު ޓެސްޓް ކުރި މެޓީރިއަލްއަކީ އެކަމަށް އެކަށޭނެ މެޓީރިއަލްއެއް ކަމަށް ސައިސްވެރިން ބުނާ އިރު، އެ ގައުމުން އަންދާޒާ ކޮށްފައިވާ ގޮތުން ލިފްޓް ވުޖޫދަށް ގެނެވޭނީ 2050 ވަނަ އަހަރުއެވެ.

އެހެން ނަމަވެސް، އެކަމުގައިވެސް ވާދަވެރިން އެބައުޅެއެވެ. ވާދަވެރިންގެ ގޮތުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ޗައިނާއިންވެސް ވަނީ ހާއްސަ ކުރެހުމަކާއެކު އެކަމަށް މަސައްކަތް ފަށާފައެވެ. އެގައުމުން ބުނެފައިވާ ގޮތުން، 2045 ވަނަ އަހަރު އެ މަސައްކަތް ކާމިޔާބުވެސް ކުރެވޭއެވެ.

ޖައްވަށް މީހުން ގެންގޮސްދޭ ލިފްޓް ބަހައްޓާނެ ކަމަށް ބޮޑަށް ބެލެވެނީ އީކުއޭޓާ ރީޖަންގައެވެ. އެއީ ކޮން ގައުމެއްގައި ކަމެއް އަދި ލަފާކުރަންވެސް ނޭނގޭއެވެ. އެހެން ނަމަވެސް، ކުރިއާ ތަފާތަކަށް ވާނީ އަލިފާން ގަނޑެއް ނެތި، ޖައްވަށް ނައްޓާލުމެވެ. ލަފާކޮށްފައިވާ ގޮތުގައި ލިފްޓް ދަތުރުކުރާނީ ގާތް ގަނޑަކަށް ގަޑިއަކު 100 ކިލޯމީޓަރުގެ ބާރު މިނުގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޅަހިތް

  އެވާނީ އިރާދަ ކުރެއްވިއްޔާ ދިވެހިރާއްޖެއަށް

 2. ޝަހިމީން

  ރާއްޖޭން ކުރަންވީ މިކަން.. ކީއްކުރާ އޭއައިއެއް.. ދެން އަހަރެމެންދާނީ ޖައްވުގަ ޓުއަރިޒަމް ހިންގަން..

 3. ތުނބުއްޅާ

  މިކަހަލަ ވާހަކަ ނުލިޔެބަލަ. މިއަކަށް ދޭނެ ރައްދެއް މަމެންނަކަށް ނޭނގޭނެ

  • ކ

   މާތްﷲ ތެދުމަގު ދައްކަވާށި އާމީން

 4. އަލީ

  ތިހެން ރޭލުގަވެސް ދިޔަ ތިގޮތައް

 5. ުއުޝާމް

  އީކުއޭޓާ ރީޖަން އަކަށް ވަންޏާ ވާނީ ރާއްޖެ،