ބުޝަން ޕަޓޭލް ޑައިރެކްޓް ކޮށްފައިވާ ބިރުވެރި ފިލްމު އަމާވަސް ރިލީސްކުރުން އަންނަ މަހު 8 އަށް ފަސްކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޖެނުއަރީ 11ގައި ރިލީސްކުރަން ތައްޔާރުވެފައިވާ މި ފިލްމު ރިލީސްކުރުން ފަސް ކުރީ ގިނަ ފިލްމުތަކެއް މިމަހު ނެރުމަށް ހަމަޖެހިފައިވުމުންނެވެ.

އިންޑިއާގެ މީޑިޔާއަށް ފިލްމުގެ ބަތަލު ސަޗިން ޖޯޝީ ދިން އިންޓަވިއުއެއްގައި ބުނީ ފިލްމު ބޮޑު އޯޑިއަންސްއަކަށް ދެއްކުމަށް ބޭނުންވާ ކަމަށެވެ.

ފިލްމުގެ ޑައިރެކްޓަރު ބޫޝަން ޕަޓޭލް ބޮމްބޭ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ބުނީ ފިލްމު އަވަސް އަރުވާލައިގެން ރިލީސްކުރުމުގެ ބޭނުމެއް ނެތް ކަމަށާއި ފިލްމުގެ އަސަރު ވީހާވެސް ރަނގަޅަށް ބެލުންތެރިންނަށް ކުރާނެ ގޮތައް ފިލްމް ތައްޔާރު ކުރަން ވާތީ އެކަމަށް ގިނަ ވަގުތު ނަގާކަމަށެވެ.

އަމާވަސްގައި ވިވަން ބަތެނާ، ނަރްގިސް ފަޚްރީ، ނަވްނީތް ކޯރު ދިލޮން، މޯނާ ސިންގް އަދި އަލީ އަސްގަރު މުހިއްމު ރޯލުތަކުން ފެނިގެންދާނެއެވެ.

ފިލްމު ޝޫޓް ކޮށްފައިވަނީ ލަންޑަންގައި ހުންނަ ނާމާން ކާސަލްއެއްގައެވެ. ޑައިރެކްޓަރު ބޫޝަން ވަނީ މީގެ ކުރިންވެސް މަގުބޫލު ބިރުވެރި ފިލްމުތަކެއް ރިލީސްކޮށްފައެވެ. އޭގެ ތެރޭގައި 2015 ގައި ނެރުނު ފިލްމު "އަލޯން" އާއި 2014 ގައި ނެރުނު ފިލްމު "ރާޖިނި އެމްއެމްއެސް 2" އާއި 2012 ގައި ނެރުނު "1920 ދަ އެވިލް ރިޓާންސް" ހިމެނެއެެވެ.

ކިޔުންތެރިންގެ ހިޔާލު