ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެއްބަނޑު އެއްބަފާ ފަސް ކުދިން މަރުވެއްޖެއެވެ. އެއް ކާރެއްގައި ދަތުު ކުރަމުން ދަނިކޮށް މި ފަސް ކުދިން މަރުވިއިރު، އެކްސިޑެންޓުގައި އެކުދިންގެ މަންމައާއި ބައްޕައަށްވެސް އަނިޔާވިއެވެ.

އެމެރިކާގެ މެރީލަންޑުގައި މި އެކްސިޑެންޓް ހިނގާފައިވާއިރު، މި ކާރު އެކްސިޑެންޓްވީ ގަހެއްގައި ޖެހިގެންކަމަށް ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވެއެވެ. އަދި ކާރު ޖެހުނީ އެންމެ ގަހެއްގައި ނޫންކަމަށާއި، ބައިވަރު ގަސްތަކެއްގައިކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.

ނޫސްތަކުން އިތުރަށް ބުނާގޮތުގައި މި އެކްސިޑެންޓް ހިނގި ވަގުތު، ކާރުގެ ފަހަތު ސީޓުގައި ތިބި ކުދިން ތިބީ ސީޓްބެލްޓް އަޅައިގެން ނޫންކަމަށް ބެލެވޭކަމަށެވެ. އަދި އެކްސިޑެންޓުގައި ފުރާނައަށް ނުރައްކާ ނުވެ، އެކުދިންގެ މަންމަ އާއި ބައްޕަ ސަލާމަތްވީ ސީޓް ބެލްޓް އަޅައިގެން ތިބުމުންކަމަށް ބެލެވޭކަމަށްވެސް ނޫސްތަކުން ބުނެއެވެ.

ފަތިހުގެ ވަގުތުގައި މި އެކްސިޑެންޓް ހިނގާފައިވާއިރު، ގަސްތަކުގައި ކާރު ޖެހުންލެއް ބާރުކަމުން، ބައެއް ކުދިން ކާރުތެރެއިން ވެއްޓިފައިވެސްވެއެވެ.

މި އެކަސިޑެންޓް ހިނގި ސަރަޙައްދު އެތައް އިރެއް ވަންދެން ބަންދުކޮށްފައި އޮތްއިރު، ކަމާ ބެހޭ ފަރާތްތަކުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މަރުވި ކުދިންނަކީ އުމުރުން ފަސް އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާނު

    ނުހިނގާ ނުރައްކާތެރި އެކްސިޑެންޓްވެސް ހުރޭތަ އިބްރާހީމް މުޙައްމަދު. ހާދަ ލިޔުންތެރިކަމުގެ ފެންވަރެއް ނެތޭ. ވަގުތުގެ ނޫސްވެރިންގެ ލިޔުންތެރިކަމުގެ ފެންވަރު ރަނގަޅުކުރަން މަސައްކަތްތަކެއް ކުރަން އެބަޖެހޭ