ބޮލީވުޑުގެ ފިލްމުތަކުގައި ނުބައި ރޯލުތައް ކުޅެ މަގުބޫލުކަން ހޯދި އެކްޓަރު މަހޭޝް އަނަންދު މުމްބާއީގައި އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މަހޭޝް މަރުވި ސަބަބު އަދި ހާމައެއް ނުކުރެއެވެ. އޭނާ މަޝްހޫރު ފިލްމުތަށް ފެނިގެން ގޮސްފައިވަނީ 90 ގެ އަހަރުތަކުގައިއެވެ. މަހޭޝް މަރުވިއިރު އޭނާގެ އަންހެނުން އުޝާ ބަޗާނީ އާއި ދެ ކުދިން ދުނިޔޭގައި އެބަތިއްބެވެ.

ރިޕޯޓްތަށް ބުނާ ގޮތުގައި އުމުރުން 57 އަހަރުގައި މަހޭޝް މަރުވެފައި އޮއްވާ ފެނުމުންއޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މުމްބާއީގައި ހުންނަ ކޫޕާ ހޮސްޕިޓަލަށް މިހާރު ވަނީ ގެންގޮސްފައެވެ.

މަހޭޝް ވަނީ އިންޑިއާގެ އެންމެ މަގުބޫލު ތަރިން ކަމަށްވާ، ދަރްމެންދަރާއި ސަނީ ޑިއޯލް އަދި ސަންޖޭ ދަތާއި އަމީތާބު ބައްޗަން ފަދަ ތަރިންނާއެކު މަސައްކަތްކޮށްފައެވެ. އޭނާގެ މަޝްހޫރު ފިލްތަލުގެ ތެރޭގައި މަޖްބޫރު، ސުވާގް އަދި ޝެހެންޝާހް އާއި ތަނެދާރް ގެ އިތުރުން ވިޝްވަތުމާ، ގުމްރާ ހިމެނެއެވެ.

އެތަށް އަހަރުތަކެއް ވަންދެން ފިލްމީ ދާއިރާއާ ދުރުގައި އުޅުމަށް ފަހު މަހޭޝް ފިލްމީ ދާއިރާއަށް އެނބުރި އައީ މިއަހަރުގެ ކުރީކޮޅު ނެރުނު ފިލްމު ރަންގީލާ ރާޖާ އިންނެވެ.

މަހޭޝް މަރުވުމާއި ގުޅިގެން ބޮލީވްޑްގެ ބައެއް ތަރިން ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު