ފްލައިޓް ވެއްޓުމުގެ ޙާދިސާގައި މަރުވި ފުޓުބޯޅަ ކުޅުންތެރިޔާ، އެމިލިއާނޯ ސަލާއާއެކު ސިއްރު ލޯބީގެ ގުޅުންތަކެއް ބާއްވަމުން އައިކަމަށް އަންހެނަކު ބުނެފިއެވެ. ސިއްރު ލޯބިވެރިންގެ ގޮތުގައި މި ދެމީހުން ގުޅިގެން އުޅުނުކަމަށް ބުނެފައިވަނީ ބްރެޒިލް އަށް އުފަން ވޮލީބޯޅަ ކުޅުންތެރިއެކެވެ.

ލުއިޒާ އުންގެރާ ނަމަކަށް ކިޔާ އުމުރުން 31 އަހަރުގެ މި އަންހެން މީހާ ބުނި ގޮތުން، ސަލާގެ ފަހު ދަތުރަށް ފެށުމުގެ ކުޑަ ވަގުތުކޮޅެއް ކުރިންވެސް އޭނާވަނީ ސަލާއާ ވާހަކަ ދައްކާފައެވެ. ހަމައެހެންމެ، މި ޙާދިސާ ހިނގުމުގެ އެއް ހަފްތާ ކުރިންވެސް ދެ މީހުން ބައްދަލުވެފައިވާކަމަށް ބުނެފައިވެއެވެ.

މި އަންހެން މީހާވަނީ އެމީހުންގެ ގުޅުމުގެ އިތުރު ބައެއް އެހެން ވާހަކަތައްވެސް ހިއްސާކޮށްފައެވެ. އަދި ދެ މީހުން އެކުގައި ނަގާފައިވާ ފޮޓޯވެސް ހިއްސާކޮށްފައިވެއެވެ.

ލުއިޒާ، އޭނާގެ މީސް މީޑިޔާ އެކައުންޓުތަކުގައި ބުނެފައިވާ ގޮތުން، ދެ މީހުން ދިމާވީ ދެ މީހުންވެސް ކުޅިވަރުގެ ކަމެއްގައި ފަރަންސޭސިވިލާތުގައި އުޅެނިކޮށެވެ. ހަމައެހެންމެ، އިނގިރޭސި ޕްރިމިޔާ ލީގުގައި ކުޅުމަކީ ސަލާގެ ވަރަށް ބޮޑު ހުވަފެނެއްކަމަށާއި އަދި ކާޑިފް ސިޓީ އަށް ދެވޭތީ އޭނާ ހުރީ ވަރަށް އުފަލުންކަމަށެވެ.

2017 ވަނަ އަހަރު، މީސް މީޑިޔާ މެދުވެރިކޮށް ދެ މީހުން ވާހަކަ ދައްކަން ފެށިކަމަށް ބުނާއިރު، އޭނާ އުފަލުން ހުރުމުން ލުއިޒާވެސް ހުރީ ވަރަށް އުފަލުންކަމަށް ބުނެފައިވެއެވެ.

ހަމައެހެންމެ، މިކަމާ ގުޅިގެން އެތައް ބަޔަކު އެތައް ވާހަކައެއް ލުއިޒާގެ ގާތުގައި ދައްކަމުން އަންނަކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުންވެސް ސަލާގެ ސިއްރު ލޯބިވެރިޔާކަމަށް ބުނާ މީހާ ބުނެފައިވަނީ އުމުރަށްވެސް ސަލާ ދެކެ އޭނާ ލޯބިވާނެކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަނެއްކަންތައްދޯ!

    ރޯމާކާފަރުންހެން ދެން ދިވެހި ފިރިހެނުން ސިއްރު ލޯބިވެރިން ގެންގުޅެންވީ ދޯ؟ ހިލޭ އަންހެނަކާ އެކަހެރިވެ ވާހަކަދައްކާ ބައްދަލުކޮށް ފުރެންޑުސް ހަދާ ހެދުމަކީ މިޖީލުގެ ޓްރެންޑެއްކަމު ވިއަސް އެއީ ސީދާ ހަރާމްކަމެއް. ކޮންމެ މީހަކު ބޮލަށް ދަގަނޑު ތިނޯހެއް ހަރާލަބަލަ އަޅާވޭނަށް ކެތްވޭތޯ! ﷲ އަށް ބިރުވެތިވުމެއް ނެތް މިހާރު އުޅޭ ކުދިން. މިޖީލު ތަރުބިއްޔަތުކުރި މީހުން މި ޖީލު ހަލާކުކުރީ! ރޯމާ ކާފަރުން ފޮލޯކުރުން ހުއްޓާލާ. ފޮލޯކުރަންޏާ މި އުންމަތުގެ ނަބިއްޔާ ފޮލޯކުރޭ!

    • އިމް

      އިންޝާﷲ. ނަބިއްޔާއަށް ސަލަވާތާއި ސަލާމާއި ބަރަކާތް ލައްވަވާށި އާމީން