ބޮލީވުޑްގަ އަރަމުން އަންނަ ތަރި ކެޓްރީނާ ކައިފް އާދި ރަންބީރު ކަޕޫރް ލޯބީގެ ގޮތުން ގުޅިގެން އުޅުނެވެ. އަދި އެ މީހުން އެއިރު އުޅުނީ ވަަރަށް ލޯބިންނެވެ. އެ ގުޅުން ކައިވެންޏާއި ހަމައަށްގެންގޮސްދާނެ ކަމަށް އެއިރުވެސް ހީވިއެވެ. ނަމަވެސް އެކަން ނިމުމަކަށް އައީއެވެ.

އެންމެ ފަހުން ރަންބީރް، އާލިއާއާ ލޯބީގެ ގޮތުން ގުޅިގެން އުޅެން ފެށިއެވެ. ދެ ތަރިންވެސް މިހާރު މަސައްކަތް ކުރަމުން ދަނީ ކައިވެންޏަށެވެ.

ނަމަވެސް ކެޓްރީނާ އަދިވެސް ހުރީ ހުސްކޮށެވެ. ކެޓްރީނާއަކީ އާއްމުކޮށް އޭނާގެ ރިލޭޝަންޝިޕާއި ގުޅޭގޮތުން ވާހަކަދައްކާ މީހެއް ނޫނެވެ. ދާދިފަހުން އިންޑިއާގެ މީީޑިއާތަކަށް ދިން އިންޓަވިއެއްގައި ކެޓްރީނާ ބުނީ، އޭނާ ރިލޭޝަންޝިޕަކަށް ދާނެ ކަން ބުނަން ނޭގޭ ކަމަށެވެ. އަދި ދުވަހަކުވެސް އެކަން ކުރެވިދާނެކަމަށް ހީވެސް ނުވާކަމަށްވެސް ކެޓްރީނާ ބުންޏެވެ.

ކެޓްރީނާ ދަނީ ފިލްމީ ދާއިރާގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފޯކަސް ކުރަމުންނެވެ. އެންމެ އަވަހަށް ދެން އޭނާގެ ފިލްމެއް ނެރެނޭ ކަމަށް ބެލެވެނީ މި އަހަރު އީދުގައެވެ. އެއީ ސަލްމާން ޚާން އާއެކު ފެނިގެންދާނެ ފިލްމެއް ކަމުގައިވާ ބާރަތްއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސިހުރު ހާހޫރު

    ކެޓްރީނާ ކައިފް އަށް ހުރީ ދުވަހަކުވެސް ރިލޭޝަންޝިޕްއެއްގައި ނޫޅެވޭނޭ ގޮތަށް ސިހުރު ހާހޫރު ކާފަރުތޮޅި ހަދާފައި.

  2. Sheikh

    You need to rugyaa my child