ލޯބިވެރިންގެ ދުވަސް ފާހަގަކުރުން އެއީކޮށްގެންވާނެ ކަމެއްނޫނެވެ. އިސްލާމްދީނުގައި އެކަން މަނާ ކުރެއެވެ. އަދި އެދުވަހު އެއް ލޯބިވެރިޔާ އަނެއް ލޯބިވެރިޔާއަށް ލޯބީގެ ކާޑުތައް ބަހައެވެ. އަދި މެސެޖްތައް ފޮނުވައި ހަދިޔާވެސް ބަހައެވެ. އެހެން ނަމަވެސް ކަނޑައެޅިގެން ހުރި ބޮޑު މުންކަރާތެކެވެ. އެ ދުވަހު ގިނަ ބަޔަކު ބޮޑެތި ފާފަތަކަށް އަރައިގަންނަ ވަރުވެސް ގިނައެވެ. އެ ދުވަސް ފާހަގަކުރުން އިސްލާމްދީނުގައި މަނާ ނަމަވެެސް، އެކަން ރާއްޖޭގައިވެސް ވަރަށް ކުލަ ގަދަކޮށް ފާހަގަކުރި ބަޔަކު އެބަތިއްބެވެ.

އެ ދުވަސް ފާހަގަކުރުމަކީ އިސްލާމްދީން ރުހޭ ކަމަކަށް ނުވާއިރު، އެހެން ބައެއް ދީންތަކުގެ މީހުންގެ ވިސްނުމުގައިވެސް އެއީ ފާހަގަކުރަން ވަކި ހާއްސަ ދުވަހެއް ނޫނެވެ.

އެގޮތުން ބައެއް މީހުން ބުނާގޮތުގައި، ލޯބިވެރިންގެ ދުވަސް ފާހަގަކުރަންވީ ހަމައެކަނި އެ ދުވަހުއެއް ނޫނެވެ. ތިމާ ލޯބިވާ މީހަކު ދެކެ އަބަދުވެސް ލޯބިވާން ޖެހޭ ކަމަށާއި، ކޮންމެ ދުވަހަކީވެސް ތިމާ ލޯބިވާ މީހަކު ދެކެ ލޯބިވާން ޖެހޭ ދުވަހެއް ކަމަށް ބައެއް މީހުން ބުނެއެވެ.

އިތުރު މީހަކު ބުނެފައިވާގޮތުގައި، އޭނާ ވަކި އެ ދުވަހަށް ހާއްސަކޮށް އަނބިމީހާއަށް އެއްޗެހި ދީ ނޫޅެމެވެ. އަބަދުވެސް އަނބިމީހާއަށް އެއްޗެހިދީ ހަދަމެވެ. އެއީ ވަރަށް ގުޅުން ރަނގަޅުކޮށްދޭ ކަމެއް ކަމަށް އޭނާ ބުންޏެވެ،

އެހެން މީހަކު ބުނިގޮތުގައި، ލޯބިވެރިންގެ ދުވަސް އަހަރުމެން ފާހަގަކުރަން ނުޖެހެއެވެ. އެއަށްވުރެ ދެ މީހުން ކައިވެނި ކުރި ދުވަސް ފާހަގަކުރުން މާ ބުއްދިވެރިކަމަށް ބުންޏެވެ.

އަދި އެންމެ ދުވަހަކުވެސް ފިރިމީހާ ދެކެ ލޯބިވާކަން ހާމަކުރަން ނުވާނެ ކަމަށް ގަބޫލުކުރާ މީހުންވެސް މަދެއް ނޫނެވެ.

 

ކިޔުންތެރިންގެ ހިޔާލު