ފުލުހެއްގެ ގަޔަށް ސޯޔާބީންސް ޕުޑިން ތައްޓެއް ޖެހި، ޗައިނާގެ ދަރިވަރަކު ޕިލިޕީންސްއިން ޑީޕޯޓްކޮށްލަން ނިންމައިފިއެވެ.

އުމުރުން 23 އަހަރުގެ ޗާން ޖައިލީ ނަމަކަށް ކިޔާ މިމީހާއަކީ ޕިލިޕީންސްގައި ފެޝަން ޑިޝައިނިންގް ކިޔަމުން އަންނަ ދަރިވަރެކެވެ. މިމީހާ ފުޑިން ތަށި ފުލުސް އޮފިސަރުގެ ގަޖަށް ޖަހާފައިވަނީ، ކާތަކެއްޗާއިއެކު ޓަރައިނަށް ނޭރެވޭނެ ކަމަށް ބުނުމުންނެވެ. މިކަން ހިނގާފައިވަނީ ފިލިޕީންސްގެ ވެރިރަށް މެނީލާގެ މެޓްރޯ ރެއިލް ޓްރާންސިޓް (އެމްއާރޓީ) ގައެވެ.

މިމީހާ ފުލުހެއްގެ ގަޔަށް ޕުޑިން ތަށި ޖަހާފައިވަނީ އެޅި ރުޅީގައި ކަމަށާއި އޭނާ އެވަގުތު ހުރީ ވަރަށް "ބޭޑް މޫޑެއް" ގައި ކަމަށް މިމީހާވަނީ ބުނެފައެވެ. ޕިލިޕީންސްގެ އެމްއާރޓީ ސްޓޭޝަން ތަކުގައި ފެންވެސް ގެންދިއުމަކީ މަނާ ކަމެކެވެ. މިހެންވެ، މިމީހާ ހިފަހައްޓާ އެ ޕުޑިންތަށި ރޭލަށް އެރުމުގެ ކުރިން ހުސް ކުރުމަށް ނުވަތަ އެއްލާލުމަށް ފުލުހުންގެ މީހާ އެދިފައިވެއެވެ.

މިމީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އިމިގްރޭޝަން ޤާނޫންގެ ދަށުން ތަފާތު 4 ދަޢުވާއެއް މިމީހާގެ މައްޗަށް ވަނީ އުފުލާފައެވެ. އަދި އެޤައުމަށް ނޭރޭ ގޮތަށް ޑީޕޯޑްކޮށްލުމަށްވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު