މައްޝޫރު ލަވަކިޔުންތެރިޔާ ޑޭލާ މެހެންދިގެ މައްޗަށް 'ހިއުމަން ޓްރެފިކިން'ގެ ކުށް ސާބިތުވެ ދެ އަހަރުގެ ޖަލު ހުކުމެއް ކޮށްފިއެވެ.

ޕަންޖާބުއަށް އުފަން އުމުރުން 50 އަހަރުގެ މެހެންދި އަކީ ބޮލީވުޑްގައި ފާހަގަކޮށްލެވޭ ކުޅަދާނަ ލަވަކިޔުންތެރިޔެކެވެ. އޭނާގެ މަޤަބޫލުކަން އިންޑިޔާގެ އިތުރުން ޔުނައިޓެޑް ސްޓޭޓްސް އާއި ކެނެޑާގައިވެސް އެހާމެ ބޮޑެވެ. އޭނާ އަކީ ލަވަ ކިޔުންތެރިއެއްގެ އިތުރުން، ލަވަ އާއި ފޮތްވެސް ލިޔެ އުޅޭ ކުޅަދާނަ ފަންނާނެކެވެ.

އިންސާނީ ވަގުވިޔަފާރީގެ ކުށް ސާބިތުވެ، ކޯޓުން މެހެންދިގެ މަށްޗަށް ހުކުމް ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގައެވެ.

މީގެ 20 އަހަރު ކުރިން، މެހެންދި އާއި އޭނާގެ ބޭބެ ގުޅިގެން އިންޑިޔާގެ 10 މީހަކު އެމެރިކާއަށް ވަނީ ގެންގޮސްފައ ކަމަށާއި، އެއީ އެމީހުންގެ ލަވަ ގްރޫޕްގެ ނަމުގައި، ބަދަލުގައި ލާރި ދޭ ގޮތަށް ކުރި ކަމެއް ކަމަށްވެސް އިންޑިޔާގެ ރިޕޯޓްތައް ބުނެއެވެ.

"ކޯޓްގެ ނިންމުމަށް އަހަރެން އިޚްތިރާމް ކުރަން." މެހެންދި ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

މެހެންދި އާއި އެކު އިންސާނީ ވަގު ވިޔަފާރީގެ މި މުއާމަލާތުގައި ބައިވެރިވެފައިވާ އޭނާގެ ބޭބެ ވަނީ މި ދިޔަ އަހަރު މަރުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަމީދު

    ދަލޭރު މެހެނަދި

  2. ހުސެން

    ތީސަރުކާރައް ފާޑުކިޔާތީ ފްރޭމްކުރީ. ތީސިޔާސީ ހުކުމެއް ވަގުތުންދޫކޮއްލާ.

    • ހުސޭނުބޭ

      ބަލަގަ ތިކަން ވާނީ ރާއްޖޭގައި މިއުޅޭ ވަކީލުން އެތަނަށް ފޮނުވައިގެން.