އިންޑިޔާގެ ފިލްމް އިންޑަސްޓްރީ އިން ޕާކިސްތާނުގެ ތަރިން ދުރުކޮށް އެމީހުންނަށް ފުރުސަތު ނުދޭނެ ކަމަށް ދަ އޯލް އިންޑިޔާ ސައިން ވޯކާސް އެސޯސިއޭޝަން (އޭއައިސީޑަބްލިއުއޭ) އިން ބުނެފިއެވެ.

އޭއައިސީޑަބްލިއުއޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިޔާގެ އަސްކަރިއްޔާއަށް އަމާޒުކޮށް ޕާކިސްތާނުން ދީފައިވާ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ޕާކިސްތާނުގެ ތަރިން ފިލްމްތަކުގައި ބައިވެރި ނުކުރުމަކީ ޤައުމީީ ކަމެއް ކަމަށާއި ފުރަތަމަ ވިސްނާނީ ޤައުމަށް ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

އޭއައިސީޑަބްލިއުއޭ އިން ނެެރެފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޕާކިސްތާނަށް ނިސްބަތްވާ އެސްޓަރެއް ނުވަތަ އެކްޓްރެއް ބޭނުންކޮށްގެން ފިލްމެއް ހަދަން މަސަކަތްކޮށްފިނަމަ އެބަޔަކާ ދޭތެރޭގައި ހަރުކަށި ފިޔަވަޅެއް އެޅިގެންދާނެ ކަމަށެވެ.

އިންޑިޔާގެ މަޝްހޫރު ލަވަ އުފައްދާ ކުންފުންޏެއް ކަމަށްވާ ޓީ-ސީރީސްއިން ޕާކިސްތާނުގެ ލަވަކިޔުންތެރިންގެ ލަވަތައް ޔޫޓިއުބްއިން ނަގަމުންދާ ކަމަށްވަނީ އަޑުފެތުރިފައެވެ،

އިންޑިޔާގެ ބޮލީވުޑް އިންޑަސްޓްރީގައި ޕާކިސްތާނަށް ނިސްބަތްވާ ގިނަ ފަންނާނުުންތަކެއް ތިބިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު