ޑިއުޓީގައި ތިބޭ އިރު ރަޝިޔާ ސިފައިން ސްމާޓްފޯން ބޭނުން ކުރުން މަނާކުރުމަށް ރަޝިޔާގެ ޤާނޫން ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.

މިޤާނޫންގެ ދަށުން އިންޓަރނެޓް ލިބޭ، ފޮޓޯ ނެގޭ އަދި ވީޑިއޯ ކުރެވޭ އާލާތެއް ބޭނުން ކުރުމަކީ މަނާ ކަމެކެވެ. އަދި ނޫސްވެރިނާ ވާހަކަ ދެއްކުމާއި އިންޓަރވިއު ދިނުންވެސްވަނީ މަނާކޮށްފައެވެ. މީގެ އިތުުރުން އަސްކަރިއްޔާ އާ ބެހޭ ގޮތުން ލިޔުންވެސް ވަނީ މަނާކޮށްފައެވެ.

މިޤާނޫންގެ ދަށުން ސްމާޓް ނޫން ފޯންތައް، ގުޅުމަށާއި މެސެޖް ކުރުމަށް ބޭނުން ކުރެވޭނެއެވެ. ނަމަވެސް ލެޕްޓޮޕް ނުވަތަ ޓެބްލެޓް ބޭނުން ކުރުންވެސް މަނާވާނެއެވެ.

ރަޝިޔާގެ ޕާލަމެންޓުގެ ދަށު ގެއިން މި ގާނޫނު ފާސްކޮށްފައި ވަނީ 450 މެންބަރުންގެ ތެރޭން 400 މެންބަރުންގެ ތާއީދާ އެކު އެވެ.

ރަޝިޔާގެ އޮފިޝަލުން ބުނެފައި ވަނީ އެފަދަ ގާނޫނެއް ފާސްކުރަން ޖެހުނީ ބޭރުގެ ޖާސޫސީ ފަރާތްތަކުގެ ކިބައިން ރަޝިޔާގެ އަސްކަރިއްޔާ އަށް ހިމާޔަތް ހޯދައިދިނުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު