މިހާރު ބޮލީވުޑްގެ އެންމެ ލޯބި ދެމަފިރިންގެ ތެރޭގައި ހިމެނޭ ދެ މީހުންނަކީ ބަތަލާ ދިޕިކާ ޕަދުކޯން އާއި ފިރިމީހާ ރަންވީރު ސިންގއެވެ. މި ދެ މީހުންވެސް އުޅެމުންދަނީ ވަރަށް ލޯބިންނެވެ.

ގިނަ ދުވަސް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ދާދި ފަހުން ކައިވެނި ކުރި، މި ދެ މީހުންވެސް ދެ މީހުންނާއި ގުޅޭގޮތުން ވަރަށް ގިނަ ވާހަކަދައްކައެވެ.

އެގޮތުން ފެމިނާ ބިއުޓީ އެވޯޑް2019 ގައި ދެމީހުންވެސް ފެނިގެންދިޔައިރު، ދެ މީހުންނަށް ތައުރީފް ކުރަމުން އަންނަ މީހުން މަދެއް ނޫނެވެ. މި ދެމަފިރިންނަށް އަހަރުގެ އެންމެ ލޯބި ދެމަފިރިންގެ އެވޯޑް ލިބުނުއިރު، އެންމެ ރީތި އަންހެނާ އެވޯޑް ގެންދިޔައީ ދިޕިކާއެވެ.

އެ އިވެންޓްގެ ގިނަ ވީޑިއޯތަކެއް މީސް މީޑިއާގައިވެސް ދަނީ ދައުރުވަމުންނެވެ. އޭގެން އެއް ވީޑިއޯގައި،ދިޕިކާ ބުނެފައި ވަނީ، ރަންވީރު އޭނާއަަށްވުރެ ގިނަ ވަގުތު ފެންވަރަން ނަގާ ކަމަށެވެ. އަދި ރީތިވުމަށްވެސް އޭނާއަށްވުރެ ގިނަ ވަގުތު ނަގާ ކަމަށެވެ.

ދިޕިކާގެ މި ވާހަކަތަކުން އެތައް ބަޔަކު ހެއްވާލިއެވެ.

ކިޔުންތެރިންގެ ހިޔާލު