ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ޓީވީ ތަރި މާންސީ ޝަރްމާ ޕަންޖާބީ އެކްޓަރު ޔުވްރާޖް ހަންސް އާ ކައިވެނިކޮށްފިއެވެ.

މާންސީ އާއި ޔުވްރާޖު ކައިވެނިކޮށްފައިވަނީ ޖަލަންދަރުގައި މިދިޔަ ބުރާސްފަތި ދުވަހުއެވެ. ކައިވެނީގެ ހަފްލާގައި ދެފަންނާނުންގެ ވެސް އާއިލާގެ މެންބަރުންނާއި ގާތް ރަހުމަތްތެރިން ބައިވެރިވެފައެވެ.

ކައިވެނީގެ ފޮޓޯތައް މިހާރު އާންމުވެފައިވާއިރު މާންސީ އާއި ޔުވްރާޖުގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ތަހުނިޔާ ކިޔަމުންނެވެ. އެދެމީހުން ކައިވެނިކޮށްފައިވަނީ ގިނަ އަހަރުތަކެއް ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހުއެވެ.

މާންސީ ވަނީ މަޝްހޫރު ޓީވީ ޝޯތައް ކަމަށްވާ "މަހާދޭވް" އާއި "މަރިޔަމް ހާން" އާއި " ޕަވިތުރަ ރިޝްތާ" އާއި "މަހާބާރަތު" އާއި " ޗަންދުރަ ނަންދިނީ" އާއި "އުއްތަރު" އަދި "ދޭވޯ ކެ ދޭވް" ގައި މަސައްކަތްކޮށްފައެވެ. ޔުވްރާޖަކީ އެކްޓަރެއްގެ އިތުރުން ލަވަކިޔުންތެރިއެއް ވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖޮއްބެ

    އައްޗި ދެން ވަރިހަމަ ?....!!!

    2
    1