އިންޑިއާގެ ޓީވީ ސީރީޒްތަކުން ފެންނަ ކްރިތިކާ ކަމްރާ ވަނީ އޭނާ ބޭނުންވަނީ ކުރީގެ ލޯބިވެެރިޔާ ކަރަން ކުންދްރާ މަރާލަން ކަަމަށް ބުނެފައެވެ. ޓޯކް ޝޯވއެއްގެ ތެރެއިން އޭނާ އެހެން ބުނި ނަމަވެސް، އޭނާ އެގޮތަށް ބުނީ މަޖަލަކަށެވެ. ނަމަވެސް އެންމެންނަށް ސިހުން ގެނުވިކަމަކީ ކްރްރިތިކާ ކަރަން ޖޯހަރް އާއި ކައިވެނި ކުރަން ބޭނުންވާކަން ފާޅުގައި ބުނުމުންނެވެ. އަދި ކަރަންގެ ދަރިން އޭނާ ބަލާނެކަމަށްވެސް ވަނީ ބުނެފައެވެ.

ޝޯވގެ ހޯސްޓް ވަނީ، ތިން މީހެއްގެ ނަން ކްރިތިކާ ކައިރީ ކިޔާފައެވެ. އެތަނުން އޭނާ އެންމެ ބޭނުންވާ މީހެއް ނެގުމަަށެވެ. އެއީ ކަރަން ކުންދްރާ އާއި ކަރަން ވަހީ ގެ އިތުރުން ކަރަން ޖޯހަރްގެ ތެރެއިން އޭނާ ބޭނުންވަނީ ކާކުތޯ ސުވާލު ކުރުމުން ކްރިތިކާ ވަނީ ވަރަށް ރަނގަޅަށް އެއަށް ޖަވާބުދީފައެވެ.

"އަހަރެން ބޭނުންވަނީ ކަރަން ކުންދްރާ މަރާލަން. އެއީ އަހަންނަށް އޭނާއާ ކައިވެނި ކުރިޔަސް އަދި މާ ގާތްކޮށްވެސް ނޫޅެވޭނެތީ. އަހަންނަށް ކަރަން ޖޯހަރް އާއި މާ ގާތްކޮށް ނޫޅެވޭނެ. ނަމަވެސް އަހަރެން އޭނާއާ ކައިވެނިކޮށްގެން އޭނާގެ ދެ ދަރިން ބަލަން ހުރެދާނަން. ކަރަން ވަހީ އާއެކު މަސައްކަތް ކުރަން ޖެހިފައިވުމުން ގާތްކޮށް އުޅެން ޖެހިދާނެ". ކްރިތިކާ ބުންޏެވެ.

ކްރިތިކާ ފާޅުގައި ދިން ޖަވާބުން ކަރަން ޖޯހަރްއަށް ލިބޭނީ ސިހުމެއްކަން ޔަގީނެވެ. އެއީ މިހާތަނަށް އެއްވެސް މީހަކު އެހާ ފާޅުކަން ބޮޑު ގޮތެއްގައި ކަރަން ޖޯހަރް އާއި ކައިވެނި ކުރަން ބޭނުންވެފައިވާކަން އިއުލާނުކޮށްފައެެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފުންއަސަރު

    އަންހެންވެރިންނަށް ތިވަނީ މަގުތައް ކޮށެވިފަ. ރީތި ޒުވާންކުދިންގެ ތިފަދަ ހުށަހެޅުން އެފަދަ ބޭބޭފުޅުން ގަބޫލުކޮށްފާނެ. އެހެންނޫނަސް މިހާރުގެ ތިޔަ އިންޑަސްޓްރީގެ ގިނަ އަންހެންކުދިން ބޭނުންވަނީ ސީރީޒް ކުޅެ މަޝްހޫރުވެލާފާ ބޮޑެތި މުއްސަނދިންނާ އިނދެލަން. ގޯހެއްނޫން. ގައިިމުވެސް މުއްސަނދި ދިރިއުޅުމެއް އުޅެވޭނެ.

  2. ބަކާ

    މީޑިޔާ އިސްޓަންޓް