ވަރުން ދަވަން އޭނާގެ ޒަމާންވީ އެކުވެރިޔާ ނަތާޝާ ދަލާލްއާއެކު ލޯބީގެ ގުޅުމެއް އޮންނަ ވާހަކައަކީ މިހާރު ބޮލީވުޑްގެ އެންމެ ގަދަ އެއް އަޑެވެ. އެވާހަކަތަކާއެކު އެތައް ބައެއްގެ ސަމާލުކަން އެ ޖޯޑަށް ހުއްޓިފައިވާ އިރު، އެ ދެމީހުންގެ ކައިވެނީގެ ވާހަތައްވެސް މީޑީއާގައި ވަނީ ގަދެވަފައެވެ.

މީޑިއާ ރިޕޯޓުތައް ބުނެފައިވާ ގޮތުން ނަތާޝާ ބޭނުން ވަނީ ރާއްޖޭގެ ރީތި ގޮނޑުދަށްތަކުގައި ބީޗު ވެޑިންއެކެވެ. އަދި އޭނާ ވަނީ ވަރުންގެ އާއިލާއާ އެކަން ހިއްސާކޮށްފައިވާ ކަމަށްވެސް ގިނަ ރިޕޯޓުތަކެއް ވަނީ ބުނެފައެވެ. އެހެން ނަމަވެސް ވަރުންނާއި، އޭނާގެ އާއިލާއިން އެހާ ބޮޑަށް އެކަމަށް ގަބޫލުނުވާ ކަމަށްވެސް މީޑިއާތަކުން ބުނެފައިވެއެވެ.

އެކަމަށް ވަރުންގެ އާއިލާއިން ގަބޫލުނުވި ސަބަބެއް ކަމަށް ބުނެފައި ވަނީ ހުރިހާ ސާމާނެއް އަނެއްކާ ރާއްޖެ ގެންނަން ޖެހޭތީ ކަމަށާއި، އިންޑިއާގެ ވެޑިންއެއް ހުރިހާ ގޮތަކުންވެސް ފަސޭހަވާނެތީ ކަމަށެވެ.

އެކަމާ ގުޅިގެން ވަރުން ބުނެފައި ވަނީ ދެމީހުންވެސް އެކުގައި ވާހަކަދައްކައިގެން ވަކި ތަނެއް އަދި ނިންމާނެ ކަމަށާއި، ނަތާޝާއަށްވެސް އެ ކަންކަމުގައި ބަސް ބުނެވޭނެ ކަމަށެވެ. އެކަމާ އެއްވެސް ވަރަކަށް އުނދަގުލެއްވެސް ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު