މަޝްހޫރު ބޮލީވުދްގެ ތަރި އަކްޝޭ ގެ ކުރިއަށް އޮތީ ބިރުވެރި ފިލްމެއްކަމަށް އޭނާ ބުނެފިއެވެ.

ދާދި ފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އަކްޝޭ ބުނީ "ގުޑް ނިއުސް"އަށް ފަހު ބިރުވެރި ފިލްމެއްގައި މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެފިލްމާ ބެހޭ އިތުރު ތަފްސީލެއް އަކްޝޭ ދީފައެއް ނުވެއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނާގޮތުގައި އެފިލްމަކީ ތަމަޅަ ފިލްމެއްގެ ރިމޭކެކެވެ. އަދި އެފިލްމު ޑައިރެކްޓުކުރާނީ ލޮވަރެންސް އެވެ. އަކްޝޭ ވަނީ 2007 ވަނަ އަހަރު ބިރުވެރި ފިލްމެއް ކަމަށްވާ "ބޫލް ބުލައްޔާ" އިން ވެސް ފެނިގެން ގޮސްފައެވެ.

"ގުޑް ނިއުސް"ގައި ލީޑު ރޯލުން ފެނިގެންދާނީ އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރެވެ. އެ ފިލުމުގައި ކަރީނާ އާއި އަކްޝޭ ފެނިގެންދާނީ ދެމަފިރިންގެ ގޮތުގައެވެ. އަދި ފިލްމުގައި ކަރީނާ އާއި އަކްޝޭ އަށް ދަރިޔަކު ނުލިބިގެން އުޅޭ މަންޒަރު ދައްކުވައިދޭނެ ކަމަށް ފިލްމުގެ ޕްރޮޑިއުްސަރުން ބުނެއެވެ.

މިފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ހަދާފައިވާ މަޖާ ފިލްމެކެވެ. ކަރީނާ އާއި އަކްޝޭ އަދި ކިއާރާގެ އިތުރުން ދިލްޖިތް ދޮސަންޖް ވެސް އެފިލްމުގައި މަސައްކަތް ކުރެއެވެ.

އަކްޝޭ ބޮލީވުޑުގައި ނަން މަޝްހޫރު ވެފައިވަނީ "ކިލާޅީ" ގެ ނަމުންނެވެ. އަކްޝޭ އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ އަހަރު ނެރުނު ފިލްމު "2.0" އިންނެވެ. އެފިލްމުގައި އޭނާ ނެގަޓިވް ރޯލަކުން ފެނިގެން ދިޔައިރު އަކްޝޭ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ކޭސަރީ" އިންނެވެ. އޭގެ އިތުރުން "ހައުސްފުލް 4" އިން އެވެ.

ކިޔުންތެރިންގެ ހިޔާލު