ދުނިޔޭގެ ފޯނުގެ ބާޒާރުގައި އެންމެ އުހުގައި އޮތް ކުންފުނި ކަމުގައި އެޕަލް ކުންފިނުން މީގެ ކުރިން އެހެން ކުންފުނި ތަކުގެ ސުކްރީން ބޭނުން ކުރި ނަމަވެސް، އެޕަލް ކުންފުނީގެ އަމިއްލަ ސުކްރީންއެއް ހަދަން އެޕަލް ކުންފުނިން މަސައްކަތް ކުރަމުންއެބަދެއެވެ.

މީޑީޔާ ރިޕޯޓްތަށް ބުނާގޮތުގައި އެޕަލް ކުންފުނިން އަމިއްލަ ޑިސްޕްލޭއެއް ހަދަން ނިންމާފައިވަނީ މައިކްރޯ ލެޑް ޓެކްނޮލޮޖީގެ ބޭނުންކޮށްގެނެވެ. މިހާރު ޑިސްޕުލޭތަކުގައި ބޭނުން ކުރާ މެޓީލިއަލް އަށްވުރެ މައިކްރޯ ލެޑްއަކީ ތުނި، އަލި ގަދަ އަދި ޚަރަދު ކުޑަ އެއްޗެކެވެ.

ރިޕޯޓްތަށް ބުނާގޮތުގައި އެޕަލް ކުންފުނިން މިނެގި ސުޓޭންްޑްގެ ސަބަބުން އޭޝިއާރ ގެ މާރކެޓަށް ބޮޑު ގެއްލުމަކާ ކުރިމަތި ލާންޖެހޭނެއެވެ. ސަބަބަކީ އެޕަލްގެ ގިނަ އުފެއްދުންތަކުގެ ޑިސްޕްލޭ ހަދަނީ އޭޝިޔާގެ ކުންފިނިތަކުން ކަމުގައިވާތީއެވެ.

އެޕަލް ކުންފުނިން އަމިއްލަ ޑީސްޕްލޭއެއް ތައާރަފް ކުރިޔަސް މިޑިސްޕްލޭ ފުރަމަ ބޭނުންކުރަން ހަމަޖެހިފައިވަނީ އެޕަލް ގަނޑިތަކުގައެވެ. ދިރާސާ ކުރައްވާ ބޭފުޅުން ހާމަކުރައްވާ ގޮތުގައި އެޕަލްއިން މިއުފައްދާ ޑިސްޕްލޭ އެޕަލްގެ ފޯނެއްގައި އެޅުވުމަށް މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތް ބޭނުންވާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު