ކާއިނާތުގައިވާ އެހެން ތަރިތަަށް ވަށައިގެން ދައުރުވަމުންދާ މިހާތަނަށް ހޯދުނު ދުނިޔެ ވައްތަރު ސިފަތަކެއް ލިބިފައިވާ ގުރަހައިގެ އަދަދު 4000 އަށް ވުރެން މައްޗަށް އަރައިފި ކަމަށް ނާސާގެ ސައިންސްވެރިން ބުނެފިއެވެ.

ނާސާއިން ބުނި ގޮތުގައި ފާއިތުވި 20 އަހަރު ތެރޭގައި ޓެލެސްކޯޕް އަދި ގްރައުންޑް ބޭސްޑް އޮބްޒަވެޓަރީތަށް ބޭނުން ކޮށްގެން ގުރަހަ ހޯދަން ފެށިފަހުން މިހާތަށް 4000 އަށް ވުރެން ދުނިޔެ ވައްތަރު ގުރަހަ ފެނުމަކީ ކާއިނާތުގައި ގުރަހައިން ފުރިފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.

މި ގުރަގަ ތަކުގެ ތެރެއިން ކެޕްލާ ޓެލެސްކޯޕް މެދުވެރިކޮށް ހޯދި ގުރަހަތަަށް 2400 އަށް ވުރެން މައްޗަށް އަރައެވެ.

ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް)ގައި އިންސާނުންނަށް އެކަށީގެންވާ މާޙައުލެއް ލިބިފައިވާ ގުރަހައެއް (ޕްލެނެޓެއް) ނެތްނަމަވެސް ކައުނުގެ އެހެން ހިސާބުތަކުން ދުނިޔެއާއި އެއްގޮތް ސިފަތަކެއް ލިބިގެންވާ ގުރަހަތައް މީގެ ކުރިންވެސް ފެނިފައިވެއެވެ. ނަމަވެސް އެ ގުރަހަތަކާއި ހަމައަށް ވާސިލުވުމަކީ ކުރެވޭނެކަމަކަށް ނުވާތީ އިތުރު ހޯދުންތައް ހޯދުމަށް އޮތީ ހުރަސްއެޅިފައެވެ.

ނާސާއިން އަންނަނީ އޭލިއެން ދިރުން ހޯދުމަށް ޚާއްސަ އޮބްޒަވޭޓަރީތައް ވެސް އިމާރަތް ކުރަމުންނެވެ. އަދި އޭލިއެން ހޯދުމަށް ކޮންމެ ދުވަހަކުވެސް ފަޒާގެ ތެރެ ސްކޭން ކުރަމުންނެވެ.

ނާސާގެ ސައިންސްވެރިން ބުނާގޮތުގައި އެ އިދާރާގެ ޓެލެސްކޯޕް ތަކުގެ އެހީގައި ކައުނުގައި ކުރިން ހޯދިފައިނުވާ އަދި ދިރާސާ ކުރުމުގެ ގާބިލުކަން ކުރިން ލިބިފައިނުވާ ސަރަހައްދުތަކަށް ވާސިލުވުމުގެ ގާބިލުކަން ލިބިގެންދާނެއެވެ. އަދި އެއީ މީގެ 20 ވަރަކަށް އަހަރުކުރިން އަމިއްލަ ސޫރުދަ ނިޒާމުން ބޭރުގެ އެއްވެސް ގުރަހައެއް އިންސާނުންނަށް ހޯދިފައިނުވާ ޒަމާނަކާއި އަޅާކިޔާއިރު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް ސައިންސްވެރިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޮހޮޮޮޮދޭ

    މާކުރިންވެސް މިވާހަކަ އަހަރެމެންގެ ފޮތުގައި އޮންނާނެ. މިހުރިހާ އާލަމްތަކެއް އުފައްދަވާފައި މިވަނީ ކީރިތި ލޮބުވެތި މާތް އެންމެ ތާހިރު ރަސޫލާއަށް ޓަކައި. ހަމަ ކަށަވަރުންވެސް އެއީ މިހުރިހާ އާލަމަކަށް ހުރި ރަހުމަތެއް. މީ ދޮގެއްތަ؟

    7
    3
    • މީ

      صَلَّى اللّٰهُ عَلَيْهِ وَسَلَّمَ

  2. މިސްހާލް

    صَلَّى اللّٰهُ عَلَيْهِ وَسَلَّمَ