ހަށިގަނޑުގައި ވިޓަމިން ޑީ އިތުރުވާ ވަރަކަށް ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޔޫރަޕާއި ނޯތު އެމެރިކާގެ ގިނަ އަދަދެއްގެ ބަޔަކު ހިމެނޭ ގޮތަށް ކުރިއަށް ގެންދެވުނު މި ދިރާސާގެ ބައިވެރިންވަނީ އެމީހުންގެ 'މެޑިކަލް ހިސްޓްރީ' އާއި ޑައިޓް އަދި ލައިފްސްޓައިލް އާއި ބެހޭ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި ބައިވެރިންގެ 'ވިޓަމިން ޑީ ލެވެލް' ބެލުމަށް ލޭގެ ޓެސްޓުތަކެއް ވެސް ވަނީ ހެދިފައެވެ. އަދި ހަށިގަނޑުގައި ވިޓަމިން ޑީ އެކުލެވިގެންވާ ނިސްބަތަށް ބަލާ، ހުރިހާ ބައިވެރިންވެސް ވަނީ ހަތަރު ބަޔަކަށް ބަހާލެވިފައެވެ.

މި ދިރާސާގެ ނަތީޖާ ދައްކާގޮތުގައި، ހަށިގަނޑުގައި ވިޓަމިން ޑީ ގިނައިން އެކުލެވިގެންވާ މީހުންނަށް ކެންސަރު ޖެހުމުގެ 20 އިންސައްތަ ފުރުސަތު ކުޑަ ވެގެން ދެއެވެ. އަދި ވިޓަމިން ޑީ ގިނަވެގެން އެއްވެސް ކަހަލަ ކެންސަރަކަށް މަގުފަހި ކުރުވާނެ ކަމަކަށް ލަފާ ނުކުރެވޭ ކަމަށް ވެސް މި ދާރާސާ ކުރެއްވި ފަރާތްތަކުން ބުނެއެވެ.

ވިޓަމިން ޑީ އަކީ ހަންގަނޑަށް ނުލާހިކު ބޭނުންތެރި މާއްދާއެކެވެ. ވަކީން ހާއްސަކޮށް، ހުޅުތަކުގައި 'ދަބަރު' ޖެހުމުން ދުރުކޮށްދެއެވެ. އަދި ދަތްތަކުގެ ބަލިތަކުން ވެސް ދުރުކޮށްދިނުމަށް ބާރަކަށްވެއެވެ. ހަމަ އެހެންމެ، ހުޅުތަކުގެ މައްސަލަތަކުގެވެސް ހައްލަކީ ވިޓަމިން ޑީ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މ

    އިންޝާﷲ ގުދުރަތީ ބޭސް އެންމެ ރަނގަޅު ލައިކް ކަޅުދިރި..
    މާޝާﷲ ރަނގަޅު މައުލޫމާތެއް