އިންޖެކްޝަން ޖަހާއިރު މީހާއަށް ތަދު ނުވާނެ ގޮތަށް ފަރުމާކޮށްފައިވާ އިންޖެކްޝަން ކަށްޓެއް ސައިންސުވެރިން އުފައްދައިފިއެވެ.

އެމެރިކާގެ ޓެކްސަސްގެ ޔުނިވާސިޓޯ އޮފް ޓެކްސަސްގެ ސައިންސުވެރިންތަކެއް އުފެއްދި އެ އިންޖެކްޝަން ކަށްޓަކީ އިންޖެކްޝަން ޖަހާއިރު ހަމުގެ ތެރެއަށް ވިރިގެންދާ ގޮތަށް އުފައްދާފައިވާ ކަށްޓެކެވެ. އެ ކަށި ވިރިގެންދާއިރު އޭގެ ތެރޭގައި ހުންނަ، ހަށިގަނޑަށް އެތެރެ ކުރަން ބޭނުންވާ މާއްދާތައް ލޭގެ ތެރެއަށް ދައުރުވެއެވެ.

މި ކަށި ބޭނުންކޮށްގެން ހުރިހާ ބާވަތެއްގެ ބޭހެއް ލޭގެ ތެރެއަށް ފޮނުވާ ނުލެވެއެވެ. ނަމަވެސް ސައިންސުވެރިން ބުނާ ގޮތުގައި ގިނަ ބޭސްތައް މި އިންޖެކްޝަން ކަށީގެ ޒަރީއާާއިން ހަށިގަނޑަށް، ތަދަކާއި ނުލައި އެތެރެ ކުރެވޭނެއެވެ.

މި ބާވަތުގެ ކަށި އުފައްދަނީ ތްރީޑީ މޮޑެލިން ޓެކްނީކެއް ކަމަށްވާ "ފިއުސްޑް ޑިސްޕޮސިޝަން މޮޑެލިން" ބޭނުންކޮށްގެންނެވެ. މި ޓެކްނީކު ބޭނުންކޮށްގެން އެއް މައިކްރޯމީީޓަރުގެ ކުޑަ ކަށިވެސް އުފައްދާލެވެއެވެ. އެއީ ހަށިގަނޑުގައި ހުންނަ ބައެއް ސެލްތަކަށް ވުރެވެސް ކުޑައެވެ.

މިހާރު ސިއްހީ ދާއިރާގައި ބޭނުން ކުރަމުންދާ ހައިޕޯޑާމިކް ކަށްޓަކީ ބޭނުން ކުރާ އިރު ތަދުވާ ކަށްޓެކެވެ. އަދި އޭގެ ސަބަބުން ބައެއް އިންފެކްޝަންތައްވެސް އުފެދޭއިރު ކަށީގެ ސަބަބުން ލަކުނުވެސް ބައެއް ފަހަރު އުފެދެއެވެ. އެހެން ކަމުން އަލަށް ތައާރަފު ކޮށްފައިވާ ކަށިން ވަރަށް ބޮޑަށް ފައިދާ ވާނެ ކަމަށް ވަނި ބެލެވިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު