ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ އިންޑިއާގެ ތަރި، ސޮނަލީ ބަންދްރާ އަނެއްކާވެސް އެ ބަލީގައި އޭނާ އުޅެމުންދާ ގޮތުގެ ވާހަކަތައް މީޑިއާތަކާއި ހިއްސާކޮށްފިއެވެ. ދޭތެރެ ދޭތެރެއިން އޭނާ ދަނީ މީސް މީޑިއާ މެދުވެރިކޮށް އޭނާގެ ހާލަތު ކިޔާދެމުންނެވެ. އަދި ބަލީގެ ސަބަބުން ދިރިއުޅުމަށް އަންނަ ބަދަލުތައް ކިޔާދެމުންނެވެ.

ހަ މަސް ދުވަސް ވަންދެން ނިއުޔޯކްގައި ފަރުވާ ހޯދުމަށްފަހު ސޮނަލީ މިހާރު ހުރި އިންޑިއާގައެވެ.

އޭނާ ބުނީ، އެ ބައްޔާއި އޭނާ ހަނގުރާ ކުރަމުންދާ ކަމަށާއި، އެ ބަލިން ސަލާމަތްވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި ދުވަހަކުވެސް އެކަމުގައި އުއްމީދު ކަނޑާނުލާ ކަމަށް ބުންޏެވެ.

ސޮނަލީ ބުނީ، ފަހުން ހެދި ސްކޭންތަކުން ކެންސަރު އޭނާގެ ހަށިގަނޑުގައި ފެތުރެމުންދާ ކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށެވެ. އަދި އެ ކެންސަރު އޭނާގެ ހަށިގަނޑުން ފިލާނެ ކަމަށް ޑޮކްޓަރުން ދީފައި ވަނީ 30 ޕަސެންޓްކަމަށްވެސް އޭނާ ބުންޏެވެ. އަދި އައިލާވެސް އޭނާއާ މެދު އުއްމީދު ކަނޑާ ނުލާ ކަމަށް އޭނާ ބުންޏެވެ.

އެހެން ނަމަވެސް މަރުވެދާނެ ކަމުގެ ވިސްނުން އޭނާއަށް ނާދެއެވެ. އަދި މިއީ ވަރަށް ބޮޑު ހަނގުރާމައެއްކަން އިނގޭ ކަމަށްވެސް ސޮނަލީ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު