އަލްޒައިމާ ބައްޔަށް ހާއްސަ ވެކްސިނެއް ކުރިއަށް އޮތް ދެތިން އަހަރު ތެރޭ ލިބޭނެ ކަމަށް ސައިންސްވެރިން ތަކެއް ބުނެފިއެވެ.

އަލްޒައިމާ ގެ ވައްތަރެއް ކަމުގައިވާ 'ޑެމެންޝާ' ބަލި ތަހައްމަލު ކުރަމުންދާ މީހުންގެ ނިސްބަތް ދުވަހަކަށްވުރެ ދުވަހެއް އިތުރު ވަމުންދާއިރު، ހަމައެކަނި ޔޫ.ކޭގައިވެސް 850000 މީހުން މި ބަލީގެ ވޭން ތަހައްމަލު ކުރެއެވެ. އޭގެތެރެއިން ދެބައި ކުޅަ ތިންބައި މީހުންނަކީ އަލްޒައިމާ ގެ ބަލި ތަހައްމަލު ކުރާ މީހުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މިދިޔަ އަހަރު ބްރިޓިޝްގައި ވެސް އެންމެ ގިނަ މީހުން މަރުވެފައިވަނީ މި ކަމުގެ ސަބަބުންނެވެ.

"ވަރަށް އަވަހަށް މި ކަމަށް ފަރުވާއެއް ލިބޭނެ. މިހާރުވެސް 12 ބޭހެއް ދަނީ ތަހުލީލު ކުރެވެމުން" ޗީފް ސައިންޓިފިކް އޮފިސަރެއް ކަމުގައިވާ ޑރ ޑޭވިޑް ވިދާޅުވިއެވެ.

ޑެމެންޝާ ނުވަތަ އަލްޒައިމާގެ އަލާމަތްތަކުގެ ތެރޭގައި، ކަންތައްތައް ހަނދާންނެތުމާއި، ކަންކަމަށް ކޮންސެންޓްރޭޓް ކުރެވޭ ވަރު ދަށްވުމާއި، ޑިޕްރެޝަންގެ މައްސަލަ ކުރިމަތިވުމާއި، ކަންކަން ޔަޤީންނުވެ އޮޅޮން ބޮޅުން ވުމާއި އަދި އުޅުމަށް ބޮޑެތި ބަދަލުތައް އައުން ފަދަ ކަންތައްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު