ބޮލީވުޑްގެ ތަރި ވަރުން ދަވަންގެ ލޯބިވެރިޔާ މަރަލާނެ ކަމުގެ އިންޒާރުދިން އިންޑިއާގެ އަންހެނެއްގެ މައްސަލަ އެ ގައުމުގެ ފުލުހުން ބަލަމުން އެބަ ދެއެވެ.

ނަތާޝާ މަރާލާނެ ކަމުގެ އިންޒާރު ދީފައި ވަނީ ވަރުންގެ ސަޕޯޓަރެއް ކަމަށް ވެއެވެ. އޭނާ ވަނީ ވަރުން މިދިޔަ ހުކުރު ދުވަހު ރޭ 9:30 ހާއިރު ވަރުންގެ ގެ ކައިރިއަށް ގޮސް ވަރުންއާ ބައްދަލުނުވެއްޖެނަމަ ނަތާޝާ މަރާލާނެ ކަމުގެ އިންޒާރު ދީފައެވެ.

އެ މައްސަލަ މިހާރު ފުލުހަށް ވަނީ ހުށަހަޅާފައެވެ. އެ މައްސަލައިގެ އިތުރުން، ވަރުުން އާއި އާއިލާއަށް އޭނާ އިންޒާރު ދިނުމާއި، އިންޒާރު ދިން މީހާ އަމިއްލަ މަރުވާނެ ކަމަށް ބުނި މައްސަލަ ވެސް ފުލުހުން ދަނީ ބަލަމުންނެވެ.

މިދިޔަ ހަފްތާ ތެރޭގައި އެ އަންހެން މީހާ ވަރުންގެ ގެ ކައިރިއަށް ގޮސް ވަރުންއާ ބައްދަލު ކުރަން ބޭނުންވާކަމަށް ބުނެ އެތަނުގައި ވަރަށް ގިނައިރުވަންދެން ހުއްޓެވެ. އެ ގެ ކައިރީ ހުއްޓާ ވަރުން އާއި އާއިލާ މީހުން ފެނުމުން އޭނާ ވަނީ އެ މީހުންނާއި ދިމާލަށް އެއްޗެހި ކިޔަން ފަށާފައެެވެ.

އެންމެ ފަހުން އެ ކަންތައްގަނޑު ބޮޑުވެ އެގޭގެ ސެކިއުރިޓީ ގާޑް ވަނީ ފުލުހުންނަށް އެކަން އަންގާފައެވެ.

ބޮލީވްޑްގެ ތަރިން ދިރިއުޅޭ ގެ ކައިރިއަށް ގޮސް އެމީހުންނަށް ތަފާތު އިންޒާރުތައް ދިނުމަކީ އާއްމުކޮށް ހިނގާ ކަމެކެވެ. ގިނަ މީހުން މިފަދަ ކަންތައް ކުރަނީ މީޑިއާގެ ސަމާލުކަން ހޯދާށެވެ.

ކިޔުންތެރިންގެ ހިޔާލު