ކަރަންޓުގެ ހިދުމަތް ދޭން ބަހައްޓާފައިވާ ޑިސްޓްރިބިއުޝަން ފޮށިތައް ސްޓެލްކޯ އާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން ސާފުކުރުމުގެ ހަރަކާތެއް މިއަދު ހެނދުނުވަނީ ކުރިޔަށް ގެންގޮސްފައެވެ. މާލެ ސިޓީގައި ބަހައްޓާފައިވާ ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިސްތިހާރާއި ފޮޓޯފަދަ ތަކެތި ނައްޓައި އެފޮށިތައް ސާފުކޮށްފައިވާ، މިހަރަކާތް މާދަމާވެސް ކުރިޔަށް ދާނެ ކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ. ކިތަންމެހާވެސް ރަނގަޅު ކަމެކެވެ. ނަމަވެސް ދިވެހިންގެ ތެރެއިން ބަޔަކު ނިކުމެ، ދިވެހިންގެ ރާއްޖެ ސާފުކޮށް ބޭއްވުމަށް މަސައްކަތް ކުރަމުންދާއިރު، އަނެއްކޮޅުން، އަމިއްލަ ފައިދާއަށް، ވެށި ނުތާހިރު ކުރާ މީހުން މަދެއް ނޫނެވެ.

މިއަދު މިކަމުގެ އަލިގަދަ ހެއްކެއްވަނީ ފެނިފައެވެ. މާލޭގައި އިސްތިހާރު ތައްކޮށްފައި ހުރި ފޮއްޓެއްގައި ހުރި އިޝްތިހާރުތައް ގިނަ އަދަދެއްގެ މުވައްޒިފުން ނިކުމެ، ނެއްޓީ ދެން އެކަން ތަކުރާރު ނުވާނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް 30 މިނެޓް ވެސް ނުވަނީސް ފެނިގެން ދިޔައީ ސާފުކޮށްފައި ހުރި ފޮށިތަކުގައި އިޝްތިހާރު ހިއްޕި މަންޒަރެކެވެ.

މިވާހަކަ ދެއްކުމުން ތިބާ ބުނާނީ މިހެންނެވެ. "އެކަން ގިނަ ފަހަރަށް ކުރަނީ ބިދޭސީން" . އެންމެ ރަނގަޅެވެ. އެކަންކޮށްފައިވަނީ ބިދޭސީން ކަމަށް ބަލަމާ ހިނގާށެވެ. ނަމަވެސް އެއިޝްތިހާރު ހިއްޕަން ބުނީ ހަމަ ދިވެހިން ނޫންހެއްޔެވެ؟ އެއީ ދިވެއްސެއްގެ ކުންފުންޏެއްގެ އިޝްތިހާރު ނޫން ހެއްޔެވެ؟

ބަޔަކު ނިކުމެ ކިތަންމެ މަސައްކަތެއް ކުރިޔަސް ވެށި ސާފެއް ނުވާނެއެވެ. ވެށި ސާފުވާނީ ފަރުދީ ޒިންމާއެއްވެސް ނަގައިގެންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ބަޖުރަންގު ބަލީ

    ދިބެހިންނަކީ އެއްވެސް ގޮތެއް ފޮތެއް ހުންނަ ބައެއްނޫން ބޭރުގައުކުތަކުގަ ވެސް އެއުޅެނީ އެއްމެ ހަޔާތްކުަޑަ ގޮތްގޮތައް ދިވެއްދެކޭ ބުނަންވެސް ލަދުގަން ވަރުވޭ ބައެއްގައުމުތަކުގަ އެގައުމުގެ މީހުންވެސް މަލާމާތާ ފުރައްސާ ދިވެހިންނައް ކުރަނީ ހަމަ ކުރަންވެގެން މުސްލިމެއް ނަމަުން އެކަމަކު ދެން މިވަރައް ބުނެވޭނީ

    67
    3
  2. އޯކޭހަމަ

    ތިޔާއީ މައްސަލަ އެއް ކަމަށް މަމެން ނުދެކެމޭ ކޮންމެހެން ޖެހޭތޭ މަގުމަތީގައި ސްޓެލްކޯގެ ފޮށި ތައް ބަހައްޓަން ނުޖެހެއޭ އެހުރިހާ ފޮށި ތައް ބަހައްޓަގަ މިސްކިތް ތަކުގެ ގޯތި ތެރޭގައި ހައުސް ކީޕިން ބިލްޑިންގް އެއް 20 ބުރިއަށް ހަދާ އެތަނުގައި ހުރިހާ ބިލްޑިންގް ސާރވިސް އެއް އެއިރުން އެކަން ނިމުނީއޭ ހަމަ ހިއްޕާ ނަގަންވީ ކޯއްޗެއް ބަލަންތޭ މީ މާލެއޭ ދަ ރާެއްޖެތެރެ އެއް ނޫނޭ...

    5
    98
    • ޫުގދ

      މޮޔަ ގެރި

      28
      2
    • ނަންނުކިޔާ

      ތީ ބައެއް ދިވެހިންގެ ހާލަތު
      ގައުމު ތަރަށްގީ ކުރިޔަސް އެތަނެއްގަ އުޅޭ ބަޔަކު ތަރައްގީ ނުވަންޔާ ގައުމެއް ކުތުއަކަށް ނުދާނެ

  3. ގާދިރު

    ޤާނޫނު ހަދަން ޖަނަވާރުން ތިބީމަ ވާނީ މިހެން... ވަކިކަމެއް ނޫން ހުރިހައި ކަމެއްވެސް ހުރީ މިހެން

    50
    10
    • ާމަމް

      ކަލޭ ދުނިޔޭގަ ހުރީމަ ވާނީ މިހެން!

      2
      1
  4. މުއަ

    ތި ތަފާތު ދެ ފޮއްޓެއްގެ ފޮޓޯ.

    5
    9
  5. އެހާރާ އި މިހާރު

    އެހެން ގައުމެއްގެ މީހެއް އަހަރެން ގާތުގައި، އަހަރެންގެ ގައުމަކީ ކޮބާހޭ ބުނެފި ނަމަ ތިމަން މިއީ ދިވެއްސެކޭ 2000 ގެ ކުރިން ބެނެލީމާ އެހެރަ ލިބޭ ހިނިތުންވުމަކާއި އިޙްތިރާމަކާއި ކަމޭހިތުމެއް އޭރުގަ ލިބުނު މީހުން މިހާރު މި ތިބެންޖެހެނީ ލަދުން އިސް ދަށަށް ޖަހައިގެން. އެސުވާލަށް މިއަދު ޖަވާބު ދިނީމަ އެމީހުންގެ ފުސް މޫނާ ކުރިމަތި ލާން މިޖެހެނީ... ސަބަބު ވަރަށް ބައިވަރު.... ސަބަބު...
    1. ދިވެހިންގެ ޒުވާން ޖީލުގެ ގޮތެއް ފޮތެއް ނެތުން.
    2. މިރާއްޖޭގެ ކުރީގެ ރައީސް ނަޝީދު ދިވެހިންނާއި ދިވެހި ރާއްޖެ ބަދުނާމު ކޮށްފަ އެތައް ފަހަރަކު އެތައް ގޮތަށް ވާހާކަ ދައްކާފަ ވާތީ ދިވެހިންގެ އަގު ވައްޓާލާފާ ވާތީ
    3. އެތައް ފަހަރަކު ދިވެހިންނަކީ ޓެރަރިސްޓުން ކަމަށް ދޭހަވާގޮތަށް އެ ރަޢީސް ވާހަކަ ދައްކާފަ ވާތީ...

    29
    8
  6. ޙެހެ

    ޢަދިވެސް ޑަސްޓްބިން ނުބަހައްޓާތި

    15
    • ރަކޫޓަންޖިންނި

      ޑަސްބިން ބެހެއްޓީމާ ދެން ހިއްޕާނީ ޑަސްބިންގައި.

      14
  7. ބިންގޯ

    ދިވެހިންނަކީ އެއްއިރަކުވެސް މާ ތަހުޒީބު ބައެއްނޫނޭ. ތަހުޒީބުބަޔަކަށް ހެދިގެން އުޅޭބައެއް.

    14
    2
  8. ާބަނގްލާ

    ކަރަންޓު މައްސަލަ ނެތީ، ޕޯސްޓަރު މައްސަލަ ނެތީ، ދެން ކަލޭ ކޮން މައްސަލަ؟

    12
    1
  9. ރަށު މީިޙާ

    މާލޭގަ އުޅެނީ ނަމުގަ ވަރަށް ތާހިރުު ބަޔެކޯ އެކަމު އެއީ ހުސްޛޮގު އެހެން ވީމަ އުޅޭތަން ވަސްް މުޑު ދާރު ވާނޭޭނުން

    9
    1
  10. ދޮންބެ

    ފޮށީގަ އިސްތިހާރު ހިއްޕުމަށްވުރެ މަގުމައްޗަށް ދުފާފަ ރަތްކުޅު ތެޅުން މާހަޑި.

  11. ހަޖާޖް

    ބަލަގަ ކަރަންޓުފޮށީގައި ޕޯސްޓަރު ޖެހުމަކީ ގާނޫނީ ކުށަކައް ނުވާއިރު އެކަން ކުރުމުގެ ހައްގު ކޮންމެ ދިވެއްސަކައް ލިބިގެން ވެއެވެ.

    7
    10
    • ނަން

      ފޮށީގަ ހިއްޕުން ގާނޫނީ ކުށަކަށްނުވަންޏާ ކަލޭގެ ސައިކުގަ ހިއްޕުންވެސް ކުށަކައް ނުވާނެ..އެ ފޮއްޓަކީވެސް ކުއްފުންޏެއްގެ މުދާ.މުދަލަށް ގެއްލުން ދިނުމަކީ ކުށެއް

  12. ކޮރަލް

    ތިޔައީ ރަނގަޅު ވާހަކަ އެއް ނޫނެވެ. އެފޮށި ތަކުގަ އެއްޗެހި ހަރު ކުރަނީ ބޭރު މީހުންނެވެ. އެމީހުން ނާ ސުވާލު ކޮށް ބަލާށެވެ.

    2
    2
  13. ބަންގާޅި

    ނޫނޭ، މިހާރު ބަންގާޅިން ތަންތަން ގަނެގެން ހަދަްިގެން މިކަންކުރަނީ، މިކިޔާ ރާނާ (ލޯންޑަރީ ހިންގާ) މާލެއިން 13 ބިންގަނެފަ އޮތީ ، އެންމެ ފަހުން ނިމިދިޔަ އިންތިހާބުގަ ވެސް އިންތި ޖަގަހަ ހަދާފަ ހުރީވެސް ބަންގާޅި ރާނާ ފަރީދީ މަގުން ގަނެފަ ހުރި ގެއެއްގަ، އަދި އިންތި އަށް އެތަން ދީފަހުރީ ހިލޭ ކަމަށްވަނީ، ދެން ސަރުކާރުން މިކަމާ އަޅާލާނެތަ؟

  14. އަހްމަދު

    ކޮބާ؟ އަހަރެމެން ދުވާވެހިކަލުން ބޭރުކުރާ ދުން. މިއެއްޗެހި ކާކު ސާފުކުރަނީ