ކުރާ ކަމެއް ކާމިޔާބު ނުވުމުން ހިތްވަރު އެލުވާލަމުއެވެ. އެކަމެއް ދެވަނަ ފަހަރަށް ތަކުރާރު ކުރުމުގެ ބަދަލުގައި ނުވާނެ ކަމަށް ނިންމަމުއެވެ. ނަމަވެސް މިފަހަރު މިއީ ތަފާތު ވާހަކައެވެ. އިންތިޚާބެއް 24 ފަހަރު ނާކާމިޔާބުވުމުންވެސް، ހިތްވަރާއެކު ކުރިޔަށް ދިޔަ މީހެއްގެ ވާހަކައެވެ. އެއީ އިންޑިޔާގެ ސްރީނަގަރަށް އުފަން ވިޖޭޕްރަކާޝް ކޮންޑެރާއެވެ.

މިހާރު އުމުރުން 73 އަހަރުގެ ވިޖޭޕްރަކާޝް އަކީ އޭނާގެ އުމުރުގައި 24 ފަހަރު އިންތިޚާބުގައި ބައިވެރިވެ ކޮންމެ ފަހަރަކުވެސް ނާކާމިޔާބީއާ ކުރިމަތި ލާފައިވާ މީހެކެވެ. ނަމަވެސް މިފަހަރުވެސް އޭނާ ފަހެއް ނުޖެހެއެވެ. އޭޕްރީލް މަހު 11 ވަނަ ދުވަހުން ފެށިގެން އިންޑިޔާގައި ކުރިޔަށް ދާ އާއްމު އިންތިޚާބުގައި އިންޑިޔާގެ މަޖިލިސް ގޮނޑިއަށް އޭނާ މިފަހަރުވެސް ކުރިމަތިލިއެވެ.

އޭނާ ކުރިމަތިލާފައިވާ ދާއިރާގެ ވޯޓް ނެގުން އޮންނާނީ މިމަހު 23 ވަނަ ދުވަހުއެވެ. މިފަހަރުވެސް ވިޖޭޕްރަކާޝް ހުރީ ވަރަށް ބޮޑު އުންމީދެއްގައެވެ.

"އިންޑިޔާއިން މިފެންނަނީ، ސިޔާސީ ޕާޓީތަކަށް ގޮނޑި ދޫކުރާ މަންޒަރު، މިއީއެއް ނޫން އަސްލު ޑިމޮކްރަސީ އަކީ، ކޮރޮޕްޝަން ނުހުއްޓެވެނީ މިނިވަން މެންބަރުން ނެތީމަ." އޭނާ ބުންޏެވެ.

ވިޖޭޕްރަކާޝްގެ ކެންޕެއިން ސްލޮގަންއަކީ، "ވޯޓް ފޯރ ދަ ބޫޓް" މިއެވެ.

2014 ވަނަ އަހަރު އިންޑިޔާގެ އާއްމު އިންތިޚާބުގައި 3000 މިނިވަން މެންބަރުން ކުރިމަތި ލިއިރު، އޭގެ ތެރެއިން ގޮޑި ކާމިޔާބުކޮށްފައިވަނީ އެންމެ މެންބަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އުސާ

    މިޓާވެސް އުޅޭ ތިކަހަލަ ހިއްވަރުގަދަ ކުއްޖެއް. އެއީ އަހަރެމެންގެ ބަދޫރާ ޕްރަކާޝް

    8
    1
  2. އާބިދާ

    އިބްރާވެސް މިކަމާ އުޅެންވީ. 1ޕަރސެންޓް ވޯޓް ހަމަ ނުވިޔަސް ހިތްވަރު އެލުވާލާކަށް ނުވޭ ދޯ؟