މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ސްރީލަންކާއަށް ދިން ބޮމްގެ ހަމަލާތަކުގައި ސަލާމަތްވި މި ފިރިހެން މީހާއަކީ 2008 އަހަރު އިންޑިއާގެ މުމްބާއީއަށް ދިން ހަމަލާތަކާވެސް ކުރިމަތިވެ، އެކަމުން ސަލާމަތްވި މީހެކެވެ.

އަބިނާވް ނަމަކަށް ކިޔާ އެ ފިރިހެން މީހާ މިދެ ހާދިސާއިން ސަލާމަތްވިއިރު، ލަންކާއަށް އެ ހަމަލާދިން ވަގުތު އޭނާ ހުރީ ކޮލަމްބޯ ސިނަމަން ގްރޭންޑް ހޮޓެލްްގައި އަނބިމީހާއާއެކު ވިޔަފާރި ދަތުރެއްގައި ގޮސްއެވެ. އެ ހޮޓަލްއަކީ އާދީއްތަ ދުވަހު ހެނދުނު ސައި ބުއިމަށް އެތައް ބަޔަކު ތިއްބާ ބޮން ގޮއްވާލި ތަނެވެ.

ދުބާއީގައި ދިިރިއުޅެމުން އަންނަ މި ދެމަފިރިން ގަލްފް ނޫހާއި ވާހަކަދައްކަމުން ބުނެފައި ވަނީ، އަބިނާވް ޔޫއޭއީން ބޭރަށް ދިޔަ ދެ ދަތުރުގައިވެސް ހަމަލާތައް އާމާޒުވި ހާދިސިތާކާއި ދިމާވި ކަމަށެވެ.

2008 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިންޑިއާގެ މުމްބާއީގައި ބޮން ގޮއްވާލި ހާދިސާތައް ހިނގި ވަގުތު އޭނާ ހުރީ މެޑިސިން ކިޔަވަން އެގައުމުގައި ކަމަށް އަބިނާވް ބުންޏެވެ. އަދި އެއީ ވަރަށް ދަތި ހަތަރު ވަރަކަށް ދުވަސް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މުމްބާއިއަށް ދިން ނިރުބަވެރި އެ ހަމަލާތަކުގައި 174 މީހަކު ވަނީ މަރުވެފައެވެ. އަދި 300 އަށްވުރެ ގިނަ މީހުން ޒަހަމްވިއެވެ. އެ ހަމަލާތައް ދީފައި ވަނީ ޕާކިސްތާނުގެ ޓެރެރިސްޓް ޖަމާއަތަކުންނެވެ.

އާދީއްތަ ދުވަހުގެ ހާދިސާއާ ގުޅޭގޮތުން ވާހަކަދައްކަމުން އަބިނާވް ބުނީ، އެ މީހުން އެ ދުވަހު ފައްޅިއަށް ދިޔަ ކަމަށާއި، ދިޔަތަނުން އެތަނުން ނުކުންނަށް ފައްޅީގެ ވެރިއަކު އެންގި ކަމަށެވެ. އަދި އެ އެންގުމާއެކު ޓެކްސީއެއްގައި ތަނަކަށް ގޮސް ހެނދުނު ސަައިބޯން ދިޔުމަށް ނައްޓާލިއިރު، މަގުމަތިން ކަންތައްގަނޑެއް ހިނގައިގެން އުޅޭހެން ހީވި ކަމަށެވެ.

އަދި ވެގެން އުޅޭ ގޮތް ބަލަން އުޅުމުގެ ތެރޭގައި ފުރަތަމަ ހީވީ އެއީ އެންމެން އެއްތަނަކަށް އެއްވާތަން ފެނުމުން އެއީ ސެކިއުރިޓީ ޗެކް ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް ފަހުން ނޫސްތަކުގެ ސުރުހީތަކަށް އެ ހަބަރުތައް އައުމުން، ކުރިމަތީގައި ވެގެންދިޔަ ކަންކަން ހިތައް އަރުވާފާއި ހީވީ ފިލްމެއްގެ މަންޒަރު ކަމަށް އަބިނާވްގެ އަންހެނުން ބުންޏެވެ.

ލަންކާއިން ދިން އެ ހަމަލާތަކުގައި 250 މީހަކު ވަނީ މަރުވެފައެވެ. އަދި 500 އަށްވުރެ ގިނަ މީހުން ޒަހަމްވިއިރު، މި ހަމަލާއާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުވެސްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޮޑު އިންވަސްޓުމަންޓެއް

    އަބިނާވް ނަމަކަށް ކިޔާ އެ ފިރިހެން މީހާ މިދެ ހާދިސާއިން ސަލާމަތްވީމާ އަހަރެމެން އުފާ ކުރަން. މިހުރިހާ ހަމަލާއެއްވެސް ދީފައިވަނީއަވަށްޓެރި ބޮޑު ގައުމަކުން. ރާއްޖެއާވެސް ވަރަށް ގުޅުން ރަނގަޅު ގައުމެއް އެކަމަކު. ލަންކާ އާއި މިގައުމުގެ ޕާލަމަންޓުވެސް، މިދެންނެވި ގައުމުންވަނީ ވަރަށް ބޮޑު އިންވަސްޓުމަންޓެއް ކޮއްގެން ގަނެފައި. އެއީ އަޅުގަނޑުމެންގެ ގިނަ މީހުން ވޯޓު ވިއްކާތީ އެފަދަ މާކެޓަށް އުފެދިފައި އޮތުމުން. އަރަބިއްޔާ ސްކޫލް ބަންދުކުރަން ސަރުކާރުން ނިންމާނެ ކަމަށް ބެލެވޭ ތާރީޚު މިހާރުވަނީ ކަނޑައަޅާފައި. ކުރިކެޓު މެޗް ބައްލަވަން މިދެންނެވި ގައުމަށް ރާއްޖޭގެ އެންމެ އިސްފަރާތުން ކުރެއްވި ޒިޔާރަތުގައި ވަނީ ބޮޑެތި އެއްބަސްވުންތަކެއްވެފައި. މިކަންކަން އަދި ދުވަސްތައްވާ ވަރަކުން ފެންނަމުންދާނެ.

    3
    1
  2. ސޮނިފުހެ

    އެ މިިހާ އިސްލާމު ވާންވީ

    4
    2
  3. ރިފާ

    ތިމީހާވެދާނެދޯ އިންޑިޔާގެ ޖާސޫސަކަށް.

    3
    1