ދުނިޔޭގެ އެންމެ އަގު ބޮޑު ކާރު ކަމަށްވާ ބުގަޓީ ބްރޭންޑްގެ "ލަ ވޮއިޓުއާ ނުއާ" ކާރު ރޮނާލްޑޯ ގަނެފިއެވެ.

އެ ކުންފުނިން ވަނީ އެކާރުގެ ވެރިފަރާތަކީ ރޮނާލްޑޯ ކަމަށް ކަށަވަރުކޮށްދީފައެވެ. މިއީ މިހާތަނަށް އެ ކުންފުނިން އުފައްދާފައިވާ އެންމެ އަގު ބޮޑު ކާރެވެ.

ރިޕޯޓްތައް ބުނާގޮތުގައި ރޮނާލްޑޯ ވަނީ 11 މިލިއަން ޔޫރޯ މި ކާރު ގަތުމަށް ހަރަދު ކޮށްފައެވެ. އެއީ 9.49 މިލިއަން ޕައުންޑް އެވެ. މިއީ ކާރުގެ އަގުކަންވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ކާރު ފުރަތަމަ އާންމުންނަށް ފުރަތަމަ ފެނިގެން ގޮސްފައިވަނީ މިއަހަރު ބޭއްވި ޖެނީވާ މޮޓޯ ޝޯ ގައެވެ. ފްރާންސްގެ ލަންގްޒަރީ ކުންފުންޔަކުން ތައްޔާރުކޮށްފައިވާ މިކާރަކީ އެމީހުންގެ 110 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އުފައްދާފައިވާ ކާރެކެވެ.

މި ކާރަކީ ކުރީގެ މޮޑެލް އެއްކަމަށްވާ "ޓާއިޕް 57 އެސް ސީ އެޓްލާންޓިކް" އަށް ބިނާކޮށް އުފައްދާފައިވާ ކާރެކެވެ. ކާރުގެ ދުވެލި އަށް ބަލާއިރު ގަޑިއަކު 260 މޭލު ކަނޑައެވެ. އަދި ކާރުގައި ވަނީ 8.0 ލީޓާރުގެ ޓާބޯ ޗާޖް W16 އިންޖީން އެކެވެ.

އެ ކުންފުނީގެ ރިޕޯޓްތަކުން ބުނާގޮތުގައި ކާރުގެ ވެރިފަރާތަށް ކާރު ދުއްވޭ ވަރު ވާނީ 2021 ގައެވެ. ސަބަބަކީ ކާރުގައި އަދިވެސް ނިންމަން ޖެހޭ ބައެއް ކަންކަން ހުރުމުންނެވެ.

ރޮނާލްޑޯ އަކީ ވަރަށް ވެސް އަގު ބޮޑު ކާރުތަކަށް ޝައުގުވެރިކަން ހުންނަ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހޯދާ

    ދުވަސްކޮޅެއް ފަހެވެ. އަގުބޮޑު ކާރު ގަނެ ދުއްވަން ނުލިބި އުޅެނިކޮށް ރޮނާލްޑޯ މަރުވެއްޖެ އެވެ.

    4
    8
    • މަ

      ނޯ.

      3
      2
  2. ދޯދޯ

    އަޖައިބެއްނުވޭ. ދުނިޔެމަތީގައި އެންމެ ތަނަވަސް މީހުންތީ

  3. ސަމޫހް

    އަހަރެމެންނައް ކީއް.. އޭނާ ދުނިޔޭގެ އެންމެ އަގުބޮޑު ކުއްތާ ގަތަސް..

    11
    2
  4. XD

    ދިވެހިން ވަރަށް ޖޭވާނެ.

    2
    1