އެމެރިކާގެ ކޮމާޝަލް އެއާލައިނެއް ކަމަށްވާ ފްރޮންޓިއާއިން އެޤައުމުގެ ސްޓޭޓްތަކަށް ދަތުރުކުރުމަށް އާދަޔާއި ޚިލާފަށް އަގުހެޔޮ ފެއަރތަކެއް ފަށައިފިއެވެ.

ޖުމްލަ 70 މަންޒިލަށް ދަތުރުކުރާ ފްރޮންޓިއާ އެއާލައިނުން މި ފެއަރ ފަށާފައިވާއިރު، އެޤައުމުގެ މިސޯރީން ފްލޮރިޑާ ސްޓޭޓަށް ދަތުރުކޮށްލުމަށް އެއްކޮޅު ޓިކެޓު 20 ޑޮލަރަށް ލިބެއެވެ. މިއީ މި އެއާލައިނުން އެންމެ އަގުހެޔޮކޮށް ދަތުރުކުރެވޭ ގޮތަށް ހުޅުވާލި ފެއަރއެވެ.

މިސޯރީން ފްލޮރިޑާ ސްޓޭޓަށް ކުރާ ދަތުރުގެ ދިގުމިން ދެގަޑިއިރާއި 20 މިނެޓަށް އަރާއިރު، ޢާންމު ގޮތެއްގައި އެންމެ އަގުހެޔޮކޮށްވެސް މި މަންޒިލްތަކަށް ދަތުރުކުރުމަށް އެއްކޮޅު ޓިކެޓް ވިއްކާ އަގަކީ 100 ޑޮލަރެވެ.

މި ހަފްތާގެ ނިޔަލަށް މި ފެއަރގެ ދަށުން ޓިކެޓް ނެގުމުގެ ފުރުސަތު ފްރޮންޓިއާ އިން ދަތުރުކުރާ ފަރާތްތަކަށް ހުޅުވާލާފައިވާއިރު، އެ އެއާލައިނުން ބުނެފައިވަނީ އެ ފެއާގެ ދަށުން ދަތުރު ކުރެވޭނީ އަންނަ އޭޕްރިން މަހުން ފެށިގެން މޭ މަހުގެ 9 ވަނަ ދުވަހާއި ހަމައަށް ކަމަށެވެ.

ފްރޮންޓިއާ އިން ފެށި މި ޕްރޮމޯޝަންގެ ދަށުން އާދަޔާއި ޚިލާފަށް ހެޔޮ އަގުގައި އިތުރު ބައެއް އެހެން ސްޓޭޓްތަކަށްވެސް ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު