ފެނަކީ މީހެއްގެ ހަށިގަނޑަށް ވަރަށްވެސް މުހިންމު އެއްޗެކެވެ. ފެން ނުބޮއެ 3 ދުވަސް ވާއިރު ތިމާ މަރާ ހަނގުރާމަ ކުރަންޖެހޭނެއެވެ. ހެނދުނު ތެދުވާގޮތަށް ތެދުވެ ހުސް ބަނޑާއި ހުރެ ފެން ބުއިމަކީ އެއިން ސިއްހީ އެތަށް ފައިދާއެއް ލިބޭކަމެކެވެ.

ތެދުވާގޮތަށް ފެންބުއިމުގެ އާދައަކީ ޖަޕާންއިން ފެށިގެން އައި އާދައެކެވެ. އެމީހުން ޤަބޫލު ކުރާގޮތަކީ މިކަމަކީ އަސްތްމާ، ޑައޭރިއާ ފަދަ ބަލިތަކުން ފަސޭހަކޮށްދޭ ކަމެކެވެ.

ހެނދުނު ތެދުވާގޮތަށް ގިނަ މީހުން ކޮފީ ނުވަތަ ސައި ބޯން ބޭނުންވިޔަސް، އެވަގުތަށް އެންމެ މުހިންމު އެއް ބުއިމަކީ ފެނެވެ. ސަބަބަކީ، ރޭގަނޑުގެ ވަގުތު ތަކުގައި ހަށިގަނޑު ހަރަކާތްތެރިވަނީ ހަށިގަނޑުގައި އުފެދިފައި ހުރި "ޓޮކްސިކް" ވެސްޓްތަށް ކަލެކްޓް ކުރުމަށެވެ. އަދި ހެދުނު ބޮޑުކަމު އަދި ކުޑަ ކަމުދާ ވަގުތު މި ވޭސްޓްތަށް ހަށިގަނޑުން ބޭރުކޮށްލައެވެ. ނަމަވެސް މިކަން ކުރުމަށް ފެން ބޭނުންވެއެވެ. މިހެންވެ ހެދުނު ތެދުވާ ގޮތަށް ފެން ބުއިމަކީ ކޮންމެހެން ކުރަންޖެހޭކަމެކެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ތެދުވާ ގޮތަށް 640 މިލި ލީޓަރ ފެން އެންމެ މަދުވެގެން ބޯންޖެހެއެވެ. އަދި ފެން ބޮއެފައި ކެއުމުގެ ކުރިން 45 މިނެޓް މަޑު ކުރަންޖެހެއެވެ. މިގޮތަށް މިކަން ކުރާނަމަ ބަލިތަކުން ސަލާމަތް ވުމަށް ބާރަކަށް ވެގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާ?