ޕެރިސްގެ އެއިފިލް ޓަވަރަށް އަރަމުންދިޔަ މީހަކު ފެނިގެން، އެ ވަގުތު ޓަވަރުގެ ސަރަހައްދުގައި ތިބި އެންމެން އެ ސަރަހައްދުން ދުރުކޮށް ވަގުތީ ގޮތުން އެ ޓަވަރު ބަންދުކޮށްފިއެވެ.

900 ފީޓް ދިގު އެ ޓަވަރަށް އަރަން މަސައްކަތް ކުރަމުންދިޔަ މީހާގެ ފޮޓޯތައް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ މަންޒަރު ފެނިގެން ފުލުހުންނާއި، ކުއްލި ހާލަތުގައި މަސައްކަތް ކުރާ މީހުންނާއި އަދި ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް އެއްވެފައެވެ.

އެ ޓަވަރުގެ ސްޕޯކްސް ޕާސަން ބުނީ، އެ ޓަވަރު ވަގުތީ ގޮތުން ބަންދުކޮށްފައި ވަނީ އެ ޓަވަރަށް އަރަން މަސައްކަތް ކުރި މީހާގެ ސަބަބުން ކަމަށެވެ.

ޓަވަރަށް އަރަމުންދިޔަ މީހާ

އަދި ފުލުހުންދަނީ އެ މީހާއާ ވާހަކަދެއްކުމުގެ މަސައްކަތް ކުރަމުން ކަމަށާއި، އެ މީހާ ހުރީ ވަރަށް ނުރައްކާތެރި ޕޮޒިޝަނެއްގައިކަމަށްވެސް ސްޕޯކްސް ޕާސަން ބުންޏެވެ.

"އެހެންވެ އަހަރެމެެން އެދެނީ މިއަދު އެ ޓަވަރަށް މީހުން ޒިޔާރަތް ފަސް ކުރުމަށް". އޭނާ ބުންޏެވެ.

އެ މީހާ ޓަވަރަށް އަރާފައި ވަނީ ކީއްވެގެން ކަމެއް ނޭގެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހައިރާން

    މަ ގޮވައިގެން ދިޔަނަމަ.. މަގޭ ޑްރީމް އެއް ތީ...

  2. ޕެރިސް

    ތިވާނީ ޖިހާދުވާން އަރާ ދިވެއްސަކަށް

    1
    2