މަޝްހޫރު އޮންލައިން ގޭމެއް ކަމަށްވާ ޕަބްޖީ ކުޅުން ހުއްޓާލުމަށް ފިރިމީހާ އެދުމުން 19 އަހަރުގެ އަންހެނަކު އެ ފިރިހެން މީހާ ކައިރިން ވަރިވާން އެދިއްޖެއެވެ.

އުމުރުން 19 އަހަރުގެ އަހްމަދުއާބާދުއަށް ނިސްބަތްވާ އެ މީހާ ވަރިވާން އެދިފައި ގުޅާފައި ވަނީ 181ގެ ހެލްޕްލައިންއަށެވެ. އޭނާ ފިރިމީހާ ކައިރިން ވަރިވާން ބޭނުންވީ ފިރިމީހާ އަނިޔާކުރާތީއެއް ނޫނެވެ. ފިރިމީހާ އޭނާ ޕަބްޖީ ކުޅުމަށް ފުރުސަތު ނުދޭތީއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން މީހާއަކީ އެއް އަހަރުގެ ކުއްޖެއް އޮންނަ މީހެއްވެސް މެއެވެ.

އޭނާ 181 ހެލްޕްލައިންއަށް ގުޅުމަށްފަހު ބުނީ ފިރިމީހާ ކައިރިން ވަރިވާން ބޭނުންވާ ކަމަށެވެ. ގުޅުމަށްފަހު ފުރަތަމަ އޭނާ ސަބަބު ބުނެފައެއް ނުވެއެވެ. އޭނާ ބޭނުންވަނީ އޮބްޒާވޭޝަން ހޯމްގައި މަޑުކޮށްގެން ހުރެ އާއިލާ އެންމެންނާއި ދުރުގައި ހުރެގެން އެ ގޭމް ކުޅުމަށް ފުރުސަތު ލިބޭނެ ގޮތެއް ހޯދާށެވެ. އޭނާ ބުނީ، ފިރިމީހަ ކައިރީގައި އާއި މައިންބަފައިން ކައިރީގައިވެސް އޭނާ ހުންނަން ބޭނުން ނުވަނީ އެ މީހުން އޭނާގެ އަތަށް ފޯނު ނުދޭތީއެވެ.

އެހެންވެ އެ ފުރުސަތު އޭނާ ދޫކޮށްލީ އޮބްޒާވޭޝަން ހޯމްގައި ފޯން ބޭނުން ނުކުރެވޭނެކަން ހެލްޕް ލައިން އިން އިންގުމުންނެވެ. އެންމެ ފަހުން އޭނާ އެ ވާހަކަ ދެއްކީ ރަހުމަތްތެރިއެއް ކައިރީގައެވެ.

އޭނާ ވަނީ ޕަބްޖީއަށް ދެވި ހިފާފައި ހުރިކަން ކައުންސިލިންގ ސެޝަން ތެރެއިން ބުނެފައެވެ.

އަދި ފިރިމީހާ އޭނާއަށް އެ ގޭމް ކުޅެން ފުރުސަތު ނުދިނުމުން މައިންބަފައިން ކައިރިއަށް ދިޔައިރު، އޭނާ މާގިނައިން ގޭމް ކުޅޭތީ މައިންބަފައިންވެސް އޭނާއަށް އެ ފުރުސަތު ނުދީ ފޯނު އަތުލީއެވެ. މިކަން މިހެން ވުމުން އޭނާ ބޭނުންވީ އެ އެންމެންނާއި ދުރުގައި ހުންނާށެވެ.

ނަމަވެސް އޭނާއަށް ދިން ކައުންސިލިންގ ސެޝަންތަކަށްފަހު މަޑުމަޑުން އޭނާގެ ހިޔާލުތައް ބަދަލު އަލުން ފިރިމީހާއެކު އުޅެން އެއްބަސްވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕަބްޖީ ގޭމްއާއި ހެދި އެތައް ބައެއްގެ ދިރިއުޅުން ވަނީ އެފުށް މިފުށަށް ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖިންނި

    ކުޅުމާއިގެން ބޫތުކާފަ