ސިނެމޮޓޮގްރަފަރުގެ ދާއިރާއިން މައްޝޫރުވެފައިވާ ޑައިރެކްޓަރު ކަބީރު ޚާން ރާއްޖޭގައި އޭނާގެ އާއިލާއެކު ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ކަބީރު ޚާނާއި އޭނާގެ އަންހެނުން މިނީ މާތޫރް އާއި އެދެމަފިރިންގެ ދެ ދަރިން މިހާރު ތިބީ ރާއްޖޭގެ ފައިވް ސްޓާ ރިސޯޓެއް ކަމުގައިވާ 'ހައިޑްއަވޭ ބީޗް' ރިސޯޓުގައެވެ.

ކަބީރު ޚާން އޭނާގެ އާއިލާ އެކު ޗުއްޓީ އަށް ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ކަބީރު ޚާން 2006 ވަނަ އަހަރުން ފެށިގެން ބޮލީވުޑްގެ މި ދާއިރާގައި ހަރަކާތްތެރި ވަމުން ދެއެވެ. ކަބީރެކޭ އެއްފަދައިން އޭނާގެ އަންހެނުންނަކީ ވެސް އިންޑިއާގައި ނަން މައްޝޫރު ފަރާތެކެވެ. އޭނާގެ އަންހެނުން މިނީ އަކީ ޓީވީ ޝޯތައް ހުށަހަޅައިދޭ ކުޅަދާނަ މީހެކެވެ. މިގޮތުން އޭނާވަނީ ފްރެންޗައިޒް އުސޫލުން ކުރިއަށް ގެންދާ 'އިންޑިއަން އައިޑޮލް' ވެސް ހުށަހަޅައިދީފައެވެ.

ކުރިން ވެސް ކަބީރާއި އޭނާގެ އަންހެނުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ. ނަމަވެސް އެ ދެމަފިރިންގެ ދެ ދަރިން ރާއްޖެ އައި މީ ފުރަތަމަ ފަހަރުކަން ވެސް ފާހަގަ ކޮށްލެވެއެވެ.

ކަބީރާއި އޭނާގެ އާއިލާ ޗުއްޓީ ހޭދަމުންކުރަމުންދާ ބައެއް މަންޒަރު އެމީހުންވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު