ވާވޭ ކުންފުނިން އަލަށް ބާޒާރަށް ނެރެން ހަމަޖެހިފައިވާ ފޯނުތަކަށް އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމްގެ ބައެއް ޚިދުމަތްތައް ނުލިބޭނެ ގޮތް ގޫގުލް އިން ހެދުމާއި ގުޅިގެން އެ ކުންފުނީގެ އަމިއްލަ އޮޕަރޭޓިންގް ސިސްޓަމެއް ބޭނުންކުރަން ފަށަން ތައްޔާރު ކުރެވިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ބައެއް މަސްދަރުތަކާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، 2012 ވަނަ އަހަރުން ފަށައިގެން ވާވޭ އިން ވަނީ އެ ކުންފުނީގެ ޚާއްސަ އޮޕަރޭޓިންގް ސިސްޓަމެއް އުފައްދައި "ޕްރޮސެސް"ކުރަން ފަށާފައެވެ. އަދި ކުރިން އެކަން އިއުލާނު ކޮށްފައި ނުވިޔަސް، އާ ސިސްޓަމްގެ ބޭނުން ފޯނުތަކުގައި ހިފަން ފަށާފައިވާ ކަމަށް ނޫސްތައް ބުނެއެވެ.
މަސްދަރުތަކުން ބުނާގޮތުގައި ވާވޭއިން އުފައްދާފައިވާ އޮޕަރޭޓިންގ ސިސްޓަމަށް ދީފައިވާ ނަމަކީ "ހޮންގްމެންގް"އެވެ. މި ސިސްޓަމަކީ ގޫގުލް އާއިއެކު އެ ކުންފުނިން ޤާއިމްކޮށްފައިވާ ޕާޓްނާޝިޕްއަށް ބުރޫ އަރައިފި ހާލަތެއްގައި ބޭނުންކުރުމަށް ކުރީބައިގައި ތައްޔާރުކޮށްފައިވާ، "ފުލީ ފަންގްޝަނަލް" އޮޕަރޭޓިންގް ސިސްޓަމެއް ކަމަށް ވެއެވެ.
ކުއްލި ގޮތަކަށް ގޫގުލްއިން ވާވޭ އާއި އެކު ޤާއިމްކޮށްފައިވާ ޕާޓްނާޝިޕް ހުއްޓާލާ އެ ކުންފުނީގެ ފޯނުތަކަށް ބައެއް ޚިދުމަތްތައް ނުލިބޭގޮތް ހަދާފައި ވަނީ، އެމެރިކާގެ ސަރުކާރުން، އެގައުމުގެ ކުންފުނިތައް ހާއްސަ ހުއްދައެއް ނެތި ވާވޭ ކުންފުންޏާ އެކު ވިޔަފާރި ނުކުރެވޭނެ ކަމަށް ނިންމުމުން ނެވެ. މި ނިންމުމާއި ގުޅިގެން ވާވޭ އިން ބުނެފައިވަނީ، އެ ކުންފުނިން އެންޑްރޮއިޑް ޕްރޮމޯޓުކޮށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައި ވާނެ ކަމަށެވެ.
ނަމަވެސް އެކަންކަމާއި އެކުވެސް ވާވޭއަށް އަޅާފައިވާ ދަތިކުރުންތަކުން އަރައިގަނެ ވާވޭގެ ކަސްޓަމަރުންނަށް ކުރިއެކޭ އެއްގޮތަށް ޚިދުމަތަށް ބުރޫ ނާރުވާ ކުރިޔަށް ގެންދާނެ ކަމުގެ ޔަޤީންކަން އެ ކުންފުނިން ވަނީ ދީފައެވެ. އަދި ކުރިޔަށް އޮތްތަނުގައި ވާވޭގެ ފޯނުތަކަށް ސެކިއުރިޓީ އަޕްޑޭޓުތަކާއި އެނޫންވެސް މުޙިންމު އަޕްޑޭޓުތައް ފޮނުވަމުން ދާނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
ގޫގުލް އިން ވާވޭގެ ފޯނުތަކަށް އެ ކުންފުނީގެ ބައެއް އެޕްލިކޭޝަން ބޭނުން ނުކުރެވޭ ގޮތަށް ނިންމި ނަމަވެސް އޯޕަން ސޯސް ލައިސެންސެއްގެ ދަށުން ލިބެން ހުންނަ އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް ވާވޭ ފޯނުތަކަށް ބޭނުން ކުރެވެއެވެ. މި އެޅި ފިޔަވަޅާއި އެކު އެންޑޮރިއިޑްގެ މަޤުބޫލު ބައެއް އެޕްލިކޭޝަންތައް ވާވޭގެ އާ ފޯނުތަކަށް ނުލިބޭނެއެވެ. އޭގެތެރޭގައި ޔޫޓިއުބު ވެސް ހިމެނެއެވެ. ވާވޭގެ ކުރީގެ ފޯނުތަކަށް މި އެޕްލިކޭޝަންތައް ޑައުންލޯޑު ކުރެވުނު ނަމަވެސް ޕްލޭސްޓޯ މެދުވެރިކޮށް އަޕްޑޭޓް ނުކުރެވޭނެއެވެ.
ޗައިނާ އާއި އެމެރިކާ އާއި ކުރަމުންދާ އިޤްތިސާދީ ހަނގުރާމައެއްގެ ތެރެއިން އެމެރިކާ ސަރުކާރުން ވާވޭ ކުންފުންޏަށް ދަތި ކުރުމަށް ނިންމީ، އެ ކުންފުނީގެ ޓެލެކޮމިއުނިކޭޝަން އުފެއްދުންތައް މެދުވެރިކޮށް ޗައިނާ ސަރުކާރުން ޖާސޫސްކުރާ ކަމަށް ތުހުމަތުގައެވެ. ނަމަވެސް މި ތުހުމަތުތައް ޗައިނާ ސަރުކާރުންނާ ވާވޭ ކުންފުނިން ދޮގުކުރެއެވެ.
އަނެއްކާވެސް އެމެރިކާގެ އަތަށް ގޮވީ. އެމެރިކާ މީހުން ހިތަށް އަރާގޮތުގާ މަސްފަލަ ޢަރަބިން އެމެރިކާ ދިނީމާ ކައިގެން ނުދިނިއްޔާ ނުކައި ތިބޭގޮތަށް ޗައިނާ މީހުންވެސް ޖެހޭނީ ތިބޭށެވެ. އެކަމަކު އެމެރިކާއަށް ނޭނގުނުކަމީ ޓެކްނޮލޮޖީގައި އެމެރިކާކޮށްފާނެ ކޮންމެ ކަމަކަށް ޗައިނާ ތައްޔާރުވެގެން ތިބިކަމެވެ. ވާވޭ އެދަނީ ވިޔަފާރީގާ އައިފޯން ފަހަތަށް ވައްޓާލާފައި ކުރިހޯދަމުން މުޅި ދުނިޔެ ފަތަހަކުރަމުންނެވެ.
ކަލޯމެންނޭ ލޯކުދި މީހުންނަކާ ނުކުޅެވޭނެ. ވިސްނާ...!!!
އެންމެ ފަހަރަކު ޗައިނާއިން ބުނަންޖެހޭނީ މިގައުމުގައި އެމެރިކާއާއި ގުޅުންހުރި އެއްވެސް ކުންފުންޏެއްގެ ޕްރޮޑަކްޓެއް އެސެންބަލްވެސް ނުވާނޭ އޭރަށް އެމެރިކާއަށް އޮންނާނެ ރާކަނިމަސް ކެވިފަ
ވާވޭ އެދަނީ އެހެން މީހުންގެ ޑިސައިން ކޮޕީ ކުރަމުންނެވެ
ވާވޭގެ ދުވަސަ ތިޔަދިޔައީ.. ފޯނުގެ ހާޑުވެޔާ ކިތަންމެ މޮޅަސް.. ސޮފްޓުވެޔާ އެމީހުންނަކައް ގޫގުލްއަކާއި ވާދަ ނުކުރެވޭނެ.