އިންޑިއާ އަންހެނަކު އޭނާގެ އަންހެން ދަރިފުޅު މަރާލީ އެ ދަރިފުޅު ބައްޕައާ ޖިންސީ ގޮތުން ގުޅުން އޮންނާތީކަމަށް އިންޑިއާގެ ނޫސްތައް ބުނަން ފަށައިފިއެވެ.

މުމްބާއިގައި މި ހާދިސާ ހިނގަފައި ވަނީ މި މާރިޗް މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެ އަންެހެން މީހާ އޭނާގެ 16 އަހަރުގެ އަންހެން ދަރިފުޅު މަރާލާފައި ވަނީ ދޯޕައްޓާއެއް ބޭނުންކޮށްގެން ކަރު ފިއްތައިގެންނެވެ. އޭނާގެ ދަރިފުޅު މަރާލުމަށްފަހު އެ އަންހެން މީހާ ގުޅާފައި ވަނީ އެ ކުއްޖާގެ ބައްޕައަށެވެ. އަދި އެ ދަރިފުޅަށް ގޮތެއް ވެގެން ވަރަށް ބޮޑަށް ބަލިވެފައިވާކަަމަށް އޭނާ ވަނީ ބުނެފައެވެ.

އެ ކުއްޖާގެ ބައްޕަ ގެއަށް ދިޔައިރު އެ ކުއްޖާ އޮތީ މަރުވެފައެވެ. އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ގާތްތިމާގެ މީހުންނެވެ.

ފުލުހުންނާއި ހަވާލާދީ ނޫސްތައް ބުނާގޮތުގައި، އެ މަރަކީ އާދައިގެ މަރެއް ނޫނެވެ. އެ ކުއްޖާޣެ ކަރުގައި ވަރަށް ބޮޑަށް މާކްސްތަކެއް ހުއްޓެވެ. އެހެންކަމުން ބެލެވެނީ އޮތީ މަރާލާފައިކަމަށެވެ. އަދި ޕޯސްޓްމޯޓަމް ރިޕޯޓްތަކުންވެސް ދައްކާގޮތުގައި، އެ ކުއްޖާ އެ މަރާލާފައި ވަނީ ކަރު ފިއްތައިގެންނެވެ.

ފުލުހުން ބުނީ، އެ އަންހެން މީހާ ކުރާ ތުހުމަތުތަކަކީވެސް ތެދުތޯ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި މިއީ އެހެން ގޮތަކަށް ވެދިޔަކަމެއްކަމަށްވެސް ވެދާނެކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި މިކަމުގައި އެ ކުއްޖާގެ ބައްޕަގެ އަތެއްވޭތޯ ފުލުހުން ދަނީ ބަލަމުންނެވެ.

ފުލުހުން ބުނީ، އެ ކުއްޖާ މަރާލާފައިވާކަމަށް ހުރިހާ ގޮތަކުން ކަށަވަރުވުމުން އެކުއްޖާގެ މަންމަ މިހާރު ހައްޔަރުކޮށްފައިވާކަމަށެވެ.

މަރާލި އަންހެން ކުއްޖާގެ އިތުރުން އެ ދެމަފިރިންގެ އިތުރު ތިން ކުދިން އެބަތިއްބެވެ. އެއީ 20 އަހަރުގެ ކުއްޖަކާއި، 14 އަހަރުގެ ކުއްޖަކާއި އަދި 12 އަހަރުގެ އަންހެން ކުއްޖެކެވެ.

ކިޔުންތެރިންގެ ހިޔާލު