ޒަމާނީ ދުއްވާ އެއްޗިއްސާއި އުޅަނދުތަކުގެ ހެޑްލައިޓްތަކުގެ ސަބަބުން މީހުންގެ ލޯ އަނދިރިވުމަށް މަގުފަހިވަމުންދާކަމަށް އިނގިރޭސިވިލާތުގެ ރޯޔަލް އޮޓޯމޯބައިލް ކްލަބް ނުވަތަ އާރް.އޭ.ސީއިން ކުރި ދިރާސާއަކުން ދައްކުވައިދީފިއެވެ. އާރް.އޭ.ސީއިން 2000 އަށްވުރެ ގިނަ މީހުން ބައިވެރިކޮށްގެން ކުރި ދިރާސާއަކުން ވަނީ ޒަމާނީ ދުއްވާ އެއްޗިހީގައި ހުންނަ ވަރުގަދަ ހެޑްލައިޓްތަކުގެ ސަބަބުން ބައިވެރިންނަށް ބައެއް ފަހަރު ތަންދޮރު ނުފެންނަވަރަށްވެސް ލޮލަށް އުނދަގޫވެ އަނދިރިވާކަމަށް ދައްކުވައިދީފައެވެ.

އެގޮތަށް އަލި އެޅިއްޖެ ހިނދެއްގައި އަލުން އަބުރާ ފެނުމުގެ ހިއްސުތައް ރަނގަޅުވުމަށް 5 ވަރަކަށް ސިކުންތު ނަގާކަމަށް އެ ދިރާސާގައި ބައިވެރިވި މީހުންގެ %67 ވަނީ ބުނެފައެވެ. އަދި ދިރާސާގެ %10 މީހުން ވަނީ އެ ފަރާތްތަކުގެ ލޮލުގެ ފެނުން އަބުރާ އައުމަށް 10 ވަރަކަށް ސިކުންތު ނަގާކަމަށް ބުނެފައެވެ. އާރް.އޭ.ސީއިން ބުނާގޮތުގައި ހެޑްލައިޓްތަކުގެ ޓެކްނޮލޮޖީއަށް ލިބެމުންދާ ކުރިއެރުންތަކުގެ ސަބަބުން މިފަދަ ހާލަތްތަކާއި މީހުން ކުރިމަތިލާންޖެހޭ މިންވަރު ދަނީ އިތުރުވަމުންނެވެ.

ދިރާސާގެ ބައިވެރިންގެ ތެރެއިން %15 މީހުން ވަނީ މާ އަލިގަދަ ހެޑްލައިޓެއްގެ ސަބަބުން އެކްސިޑެންޓްއެއް ވުމާއި ކައިރިވާ ފަހަރު ފަހަރުވެސް ދެއެވެ. އެގޮތަށް ދިމާވާ ސަބަބަކީ ކުރިމަތިން އަންނަ ކާރު ނުވަތަ ދުއްވާ އެއްޗިހީގެ ހެޑްލައިޓް، ހައި ބީމް ނުވަތަ ފުލް ބީމްއަށް ލައިފައި ހުރުމުންނެވެ. އަދި ބައެއް ފަހަރު އަލިގަދަ ހެޑްލައިޓެއްގެ ސަބަބުން ލޯ ބީމްގައި ހުއްޓަސް އެހެން މެދުވެރިވުމުގެ ފުރުސަތެއް އެބަ އޮތެވެ. މިއީ ބައެއް މީހުންނަށް ވަރަށް އާދައިގެ ކަމަކަށްވިޔަސް އެއީ ފުރާނައެއް ސަލާމަތްވުމުގެ ފުރުސަތެއް އޮތް ކަމެކެވެ. މަގުމަތީގެ އަދަބުތަކަށް ކަމޭހިތައި ފަރުވާތެރިވާށެވެ.

ކިޔުންތެރިންގެ ހިޔާލު