ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންގެ ގޮތުގައި ފާހަގަކުރެވޭ ސަލްމާން ޚާން އާއި ކެޓްރީނާ ކައިފް އެކުގައި އެންމެ އަވަހަށް ފެނިގެންދާނެ ފިލްމް "ބާރަތް"ގެ ޕްރޮމޯޝަނަލްގެ މަސައްކަތުގައިި ދެ މީހުންވެސް ވަރަށް ބުރަކޮށް އުޅެމުން އަންނައިރު، ދެ ތަރިން އެކުގައި މިރޭ ފެނިގެން ދާނީ ދަ ކަޕިލް ޝަރްމާ ޝޯވއިންނެވެ.

އެ ޝޯވގައި އަބަދުވެސް ތަރިން މީގެ ކުރިން ނުދައްކާ އަދި ދައްކަން ބޭނުން ނުވާ ވާހަކަތައް ދައްކުން ޖައްސައެވެ. ދިރިއުޅުމުގެ އެކި ހިސާބުތަކުގައި ދިމާވެފައިވާ ހާދިސާތަކުގެ ވާހަކަތައް ކިޔާދޭން ޖައްސުވައެވެ.

މިގޮތުން ސަލްމާންއަށްވެސް ވަނީ އެފަދަ ވާހަކައެއް ދައްކަން ޖެހިފައެވެ. ސަލްމާން ކައިރިން ކަޕިލް އެއީ އާއިލާއާ ބެހޭގޮތުންނާއި، ސަލްމާންގެ އާއިލާގެ މީހުންގެ ދަރިންނާއި ބެހޭގޮތުންނެވެ. ސަލްމާންގެ އާއިލާ މީހުންގެ ދަރިންނާއި ބެހޭގޮތުން ވާހަކަދައްކަމުން ސަލްމާން ބުނީ އެ ހުރިހާ ކުދިން އޭނާގެ ގަޔަށް ކަޑަކަމުދިޔަ ކަމަށެެވެ. އަދި ސަލްމާން ވަނީ އެކަންކޮށްފައި ވަނީ އެކި ފަހަރުމަތިންކަންވެސް ފާހަގަކޮށްފައެވެ.

އެ ވާހަކަ ސަލްމާން ދެއްކުން ޝޯވގެ އޯޑިއަންސްގައި ތިބި ގިނަ ބަޔަކު ހުނުނެވެ. މީގެ އިތުރުން ސަލްމާން ވަނީ އޭނާ ސްކޫލްގައި އުޅުނުއިރު އަދަބު ލިބުނު ކަމަށްވެސް ބުނެފައެވެ.

ސަލްމާން އާއްމުކޮށް އޭނާގެ ދިރިއުޅުމުގައި ދިމާވެފައި ހުންނަ އެފަދަ ވާހަކަތައް ނުދައްކައެވެ. އެހެން ނަމަވެސް ޝޯވތަަކަށް އަރާ ބައެއް ފަހަރު މިފަދަ ވާހަކަތައް ދައްކަން ޖެހެއެވެ. ސަލްމާން އޭނާގެ އާއިލާ މީހުންގެ ދަރިންނާއި ގުޅޭގޮތުން ދެއްކި ވާހަކައަކީ އޭނާ އެހާ ދައްކަން ބޭނުންވާ ވާހަކައެއް ނޫން ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު