ދިވެހިންގެ ތެރޭގައި ރެޕް ލަވަތައް ކިޔުމުގައި މަގުބޫލުކަން ހޯދާފައިވާ ސޮފްވާން ޢަލީ (ސޮއްޕެ)ގެ އާ އަލްބަމެއް ނެރުމަށް ތައްޔާރުވެއްޖެއެވެ.

11 ލަވަ ހިމެނޭ ސޮއްޕެގެ މި ލަވަ އަލްބަމް ނެރުމަށް ހަމަޖެހިފައި ވަނީ އީދު ތެރޭގައެވެ. “ސޮއްޕެ”ގެ އަމިއްލަ ނަމުގައި މި އަލްބަމް ނެރުމަށް ހަމަޖެހިފައި ވަނީ ލަވަފޮށި އެޕްގައެވެ.

މި ލަވައަލްބަމްގައި މިއުޒިކް އަދި ރެކޯޑިންގ ތައްޔާާރުކޮށްފައި ވަނީ މިސްޓީ އާއި ޝަގްޒާދު އެވެ. މި އަލްބަމްގައި ސޮއްޕެ އިތުރުން، އަންދަލާގެ އަޑުވެސް އިވިގެންދާނެއެވެ.

ރީތި ލަވަތަކެއް މީގެ ކުރިންވެސް ގެނެސްދީފައިވާ ސޮއްޕެެގެ މި އަލްބަމްގެ ހުރިހާ ލަވަތަކެއް ލިޔެފައި ވަނީ ސޮއްޕެއެވެ. މި ލަވަތަކުގެ ރެކޯޑިންގ ހަދާފައި ވަނީ ރާއްޖެ އާއި ސްރީލަންކާގައެވެ.

ސޮއްޕެ ބުނީ، މިހާާރު މި ލަވަ އަލްބަމް ނެރުމަށް ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ސޮއްޕެގެ ފުރަތަމަ ލަވަ އަލްބަމްގެ ވާހަކަތައް މީގެ އަށް އަހަރު ކުރިން ވޮއިސް އޮފް މޯލްޑިވްސް 2011ގައި ދެއްކިއެވެ. އެ ޝޯވގައި އެ އަލްބަމްގެ ހިމެނޭ "ހިތްކުދިކުދި" ލަވަ ކިޔާދިންއިރު، މިއަދު އެ ލަވައަކީ ސޮއްޕެގެ ލަވަތަކުގެ ތެރެއިން ދިވެހިންނަށް އެންމެ ކަމުދާ އެއް ލަވައެވެ.

މީގެ އިތުރުން "އެޅި މި ކަނޑުމަތި" "ބުނެލާ ލޯބިވޭ"މިއީ ދިވެހިންގެ ޕްލޭލިސްޓުތަކުން ޖާގަ ހޯދާފައިވާ ސޮއްޕެގެ ލަވަތަކެވެ.

ދާދި ފަހުންވެސް ސޮއްޕެގެ ދެ ލަވައެއްް ވަނީ ނެރެފައެވެ. އެ ދެ ލަވައަކީ "ވަރަށް ނުރައްކާ" އަދި "ގާތިލް" އެވެ.

ކިޔުންތެރިންގެ ހިޔާލު