ރާއްޖޭގެ ރިސޯޓެއްގައި ފަތުރުވެރިޔަކަށް ލިބޭ ހުރިހާ ޚިދުމަތަކާއި އެކު ދެހަފްތާ ދުވަހު ކުޑަ މަސައްކަތެއް ކުރުމުގެ ފުރުސަތު ބޭނުން ހެއްޔެވެ؟

އެހެންކަމަށް ވާނަމަ ރާއްޖޭގެ އެންމެ ރީތި އެއް ރިސޯޓް ކަމަށްވާ ކޮކޯ ޕާމް ދުނިކޮޅު ރިސޯޓްގެ މެރިން ޓާޓަލް ރިސާޗް ސެންޓަރުން އިއުލާން ކޮށްފައިވާ އިންޓާޝިޕް އަށް އަވަހަށް ކުރިމަތިލާށެވެ.

އަންނަ އޮގަސްޓް މަހު މަސައްކަތް ފަށަން ޖެހޭ އިންޓަރޝިޕް ގައި ކުރަން ޖެހޭނެ މަސައްކަތަކީ ދުނިކޮޅު ރިސޯޓްގެ މެރިން ޓާޓަލް ރިސާޗް ސެންޓަރުން ބަލަހައްޓަމުން އަންނަ ވެލައި ތަކަށް ކާންދިނުމާއި ޓޭންކްތައް ސާފުކުރުމާއި، ވެލައިތައް މޫދަށް ދޫކުރުމުގައި ބައިވެރިވުން ފަދަ އާދައިގެ ކަންތައްތަކެވެ.

ދިވެހިން ވެސް ހިމެނޭ ގޮތައް ކޮންމެ ގައުމެއްގެ މީހަކަށް ވެސް މި އިންޓަރޝިޕަށް ކުރިމަތި ލެވޭނެއެވެ. ހަމައެކަނި ޝަރުތަކީ އުމުރުން 18 އަހަރު ވެފައިވުމެވެ. މެރިން ރިސާޗް ނުވަތަ އެހެން ވެސް ދާއިރާއަކުން އެއްވެސް ތައުލީމެއް ނުވަތަ ތަޖުރިބާއެއް މިކަމަކަށް ބޭނުންމެއް ނުވެއެވެ.

މިކަމަށް ކުރިމަތިލާން ބޭނުންވާ މީހުން ޖެހޭނީ ދެމިނެޓާއި ތިން މިނެޓާއި ދެމެދުގެ ކުރު ވީޑިއޯ އަކާއި 500 ބަހުގެ ސިޓީއަކުން އޭނާ މިމަގާމަށް ޝަރުތު ހަމަވާ ސަބަބު ބަޔާންކޮށް ރިސޯޓަށް ފޮނުވާށެވެ.

އިންޓާޝިޕްގައި މަސައްކަތް ކުރާ މީހަކަށް ރިސޯޓްގެ ގެސްޓް ރޫމެއްގައި ހުރުމުގެ ފުރުސަތާއި، ރިސޯޓްގެ ރެސްޓޯރެންޓުން ކެއުމުގެ ޚިދުމަތާއި އަދި ބ.އަތޮޅުގެ އެކި ސަރަހައްދުތަކަށް ސްނޯކްލިން ކޮށްލުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގެ ތަޖުރިބާކާރުން ވެލައި ވެޓެރިނަރީ ސައިންސްވެރިޔާ ޑރ.ކްލެރީ ޕެޓްރޯސް އާއި އެކު މަސައްކަތް ކުރުމުގެ ފުރުސަތު ވެސް ލިބިގެން ދާނެއެވެ.

މިލިންކް މެދުވެރިކޮށް އިންޓަރޝިޕަށް ކުރިމަތިލެވޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނައިފަރު ގޮލާ

    ނެތްތަ ވެލޭ ކެއުމުގެ ވަޒީފާއެއް؟ އެކަމަށް މަ ޝަރުޠު ހަމަވާނެ. ވަރަށް މީރު މަހެއް ވެލާ މަހަކީ.

    12
    15
  2. Anonymous

    ހިލޭ ސާބަހައް މަސައްކަތް ކުރަން ޖެހޭނީ

    8
    2