ބަރުދަން ބަރުވެ މީހާ ފަލަވަގެން ވަރަށް ގިނަ މީހުން އެކަމާ ޝަކުވާ ކުރެއެވެ. އެކަމަށް ގިނަ ބޭސްތަކެއް ކައި ހަދައެވެ. އެހެން ނަމަވެސް އެންމެ އެދެވޭ ނަތީއްޖާ އޭގެން ނުފަންނަކަމަށް ގިނަ ބަޔަކު ބުނެއެވެ.

އެހެންކަމުން އެއް މަސް ތެރޭގައި ބަރުދަން ލުއިކޮށްލަން ކެވިދާނެ ބައެއް ކަހަލަ ތަކެއްޗަށް ބަލާލަމާ ހިނގާށެވެ.

އާފަލާއި ކަރާ

އަހަރުމެން އެންމެ ކުޑައިރުން ފެށިގެން އަޑުއަހާ ހަރުބަހެއް އެބައޮތެވެ. އެއީ ކޮންމެ ދުވަހަކު އާފަލެއް ކާނަމަ ޑޮކްޓަރަށް ދައްކަން ދާން ނުޖެހޭނެ ކަމެވެ. އެހެންކަމުން ދެން ބަލާލަންވީ އާފަލުގެ ސަބަބުން ބަރުދަން ލުއިވަނީ ކިހިނެއްތޯނޫން ހެއްޔެވެ؟. މިކަން ކުރުމަށް ޖެހޭނީ އާފަލާއި ކަރާއި އެކު ކާށެވެ. އެއީ މި ދެބާވަތަކީވެސް މީހާ ބަރުދަން ލުއިކޮށްދޭން އެހީވެދޭ ބާވަތަކަށްވުމާއެކު ދެ ބާވަތް އެކުގައި ކާލުމުން ލިބޭނެ ފައިދާ ބޮޑުވާނެތީއެވެ.

ދޮންކޭޔޮ އަދި ސްޕިނަޗް

ކާތެކެތި ތައްޔާރު ކުރުމުގައި ދޮންކެޔޮ ހިމެނުމަކީ އިތުރަށް ފައިދާ ވާ ކަމެކެވެ. ކަސްރަތު ކުރުމުގެ ކުރިން ދޮންކެޔޮ ކައިގެން އުޅޭނަމަ ކަސްރަތު ކުރުމުގައި ވަރަށް ހާޑުކޮށް ޖެއްސޭނެކަމަށް ވެއެވެ. ދޮންކޭލާއި ސްޕީނަޗް އެކުގައި ކައިގެން ބަރުދަން ލުއިވާ އެއް ސަބަބަކީ ސްޕިނަޗްއަކީ ވަރަށް ބޮޑަށް މީހާގެ ބަރުދަން ލުއިކޮށްދޭ ބާވަތަކަށްވުމެވެ.

ޔޯގަޓާއެކު ފޮނިތޮށި

ޔޯގަޓަކީ ބަރުދަން ލުއިވުމަށް ބޭނުންވާ މީހުން އާއްމުކޮށް ބޭނުން ކުރާ ބާވަތެވެ. އެހެންކަމުން އޭގެ ތެރެއަށް އިތުރަށް އަޅަންވީ ބާވަތަކީ ފޮނޮތޮއްޓެވެ. އެއީ އޭގެ ސަބަބުން މާބޮށްވެސް ބަދުރަން ލުއި ކުރުމަށް އެހީވެދޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު